ކުޑަކުއްޖަކަށް ބިރުދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އައްޑޫސިޓީގައި ކުޑަކުއްޖަކަށް ބިރު ދައްކައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުހަކަށް ދައުވާ ކޮށްފިއެވެ.

މި މައްސަލައިގައި ޖިންސީ ގޯނާ ލިބިފައިވާ ކުއްޖާ އަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ އަހަރުގެ  ކުރީކޮޅުން ފެށެގެން އެކި ދުވަސް މަތިން އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގައި މީހަކަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ޏ. ފުވައްމުލައް މާދަޑު، އޮމާން، އަހުމަދު ނަޒުމީނުގެ މައްޗަށެވެ.

އޭނާގެ މަށްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ އަމަލު ހިންގިއިރު އޭނާ ހުރީ ފުލުހުންގެ ވަޒީފާގަ އެވެ.

 

އަހުމަދު ނަޒުމީނުގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން  ވަނީ އިއްޔެ  ހުށަހަޅައިފަ އެވެ.

އޭނާއަށް ފުލުހުން ހިމާޔާތް ދީގެން އުޅޭކަމަށް ތުހުމަތުކޮށް އައްޑޫ ސިޓީގައި ސެޕްޓެމްބަރު 17ގައި ވަނީ ވަނީ މުޒާހަރާވެސް ކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެރޭ ރޭ 11:09 ހާއިރު އެވެ. އެ މުޒާހަރާ ކުރި މީހުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާއިރު މުޒާހާރާގައި ބައިވެރިވި ބައެއް މީހުންނަށް ވަނި އަނިޔާވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް