އިންޓަނެޝަނަލް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ (އައި.އީ.ވައި.ޕީ) ދަށުން 14 ޒުވާނުން ހިމެނޭ ވަފުދެއް މާދަމާ އިންޑިއާއަށް ފުރަން ހަމަޖެހިއްޖެއެވެ.
މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ ދަތުރެކެވެ. މާދަމާގެ މި ދަތުރަށް ފުރުމަށް ތައްޔާރުވެފައިވާ ބައިވެރިން ވަނީ އިންޑިއާ ހައިކޮމިޝަންގެ ”ޗާޖް ޑެ އެފެއަރޒް“ ރޯހިތް ރަތިޝް އާއި މިއަދު ބައްދަލު ކޮށްފައެވެ.
ދިވެހި ޒުވާނުންގެ ވަފުދުގެ މިދަތުރުގައި އިންޑިއާގެ ނިއުދިއްލީ އާއި އުދައިޕޫރާއި އާގްރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތް ކުރާނެއެވެ. އެ ގޮތުން އެގްރިކަލްޗާ ޔުނިވާސިޓީ އަކަށް ޒިޔާރަތް ކޮށް ސައިންޓިސްޓުން އަދި ދަރުވަރުންނާއި ބައްދަލުކޮށް ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ބަލައި މައުލޫމާތު ބަދަލު ކުރާނެ އެވެ.
މީގެ އިތުރުން، ރަނގަޅު ޔުނިވަރސިޓީ އެއްގެ ރިސާރޗަރސް އަދި ސްކޮލާރސް އާއި ކުޑަކުދިންގެ ހިމާޔަތަށް އަދި އަންހެނުން ބާރުވެރިކުރެވުމަށް ހިންގާ އެންޖީއޯގެ މެމްބަރުންނާއި ރާއްޖޭގެ ވަފްދުން ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ޒިޔާރަތް ކުރުން ވެސް މި ދަތުރުގެ އެޖެންޑާގައި ހިމަނާފައިވެއެވެ.
މި ދަތުރުގެ ބައިވެރިން ރާއްޖޭއާއި ގުޅޭގޮތުން، އަދި ޒުވާނުން އަދި ޒުވާން ކްލަބްތަކުގެ ޕްރެޒެންޓޭޝަންއެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބެލުމާއި، ތާރީޚީ އަދި ޓުއަރިސްޓު ތަންތަނަށްވެސް ޒިޔާރަތްކުރާނެއެވެ.
މީގެ ކުރިން 2018 މާރޗް މަހުގެ 15-22 ގައި ވެސް އައި.އީ.ވައި.ޕީ ގެ ދަށުން ވަނީ ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފައެވެ.