ހަންގޭރީ ގައި ކިޔެވުމަށް ސޮކޮލާޝިޕްތަކެއް

Loading

Facebook
Twitter
WhatsApp

 

މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ރާއްޖެ ދަރިވަރުންނަށް ޔޫރަޕްގެ ގައުމެއްކަމަށްވާ ހަންގޭރީގައި ކިޔެވުމަށް ސްކޮލާޝިޕްތަކެއް އެގައުމުގެ ސަރުކާރުން ދީފިއެވެ.

މި ސްކޮލާޝިޕްތަކާ ގުޅިގެން ރާއްޖެއާއި ހަންގޭރީ ސަރުކާރުން ވަނީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ.

ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރާއްޖެއިން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރީ އެންޑް ޓްރޭޑްގެ ސްޓޭޓް ސެކްރެޓަރީ ޑރ. އޯސޮލްޔާ ޕަކްސޭ-ތޮމަސިޗް އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރު ވަންދެން ހަންގޭރީގައި މަތީތައުލީމު ހާސިލްކުރުމަށް ރާއްޖޭގެ ދަރުވަރުންނަށް ސްކޮލާޝިޕް ދޭނެ އެވެ.

އަދި އަހަރަކަށް 15 ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާއިރު ހަތަރު އަހަރަށް 60 ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޑިގްރީ، މާސްޓާސް ޑިގްރީ، ޕީއެޗްޑީ އަދި ކުރު މުއްދަތުގެ ޕްރޮގްރާމްތައް ހިމެނޭހެން ސްކޮލާޝިޕްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސްކޮޕާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެ ކޮޅު ޓިކެޓް ފިޔަވައި ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ ހަންގޭރީ ސަރުކާރުގެ ފަރާތުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް