އޮޑިޓް ކުރުން ހަރުދަނާ ކުރުމަށް ދެ ގަވައިދެއް ނެރެފި އެވެ.
މި ގަވާއިދު ނެރުމަށް އޮޑިޓް އޮފީހުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އެ ދެ ގަވައިދު ނެރެ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
މިއަދު ނެރެފައިވަނީ ”ރެގިއުލޭޝަން އޮން އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް އެސްއޯއީސް“ އަދި ”ރެގިއުލޭޝަން އޮފް ޕަބްލިކް އިންޓްރަސްޓް އެންޓިޓީ އޮޑިޓާސް“ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ދެ ގަވައިދަކީ ސަރުކާރު ކުންފުނިތައް އޮޑިޓް ކުރުމަށް މިހާރު ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް ތަފްސީލީ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ދެ ގަވައިދު ކަމަށެވެ. އަދި އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.
އެ ދެ ގަވައިދު ނެރުމަށް ގެޒެޓް ކުރާނެކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.