ރާއްޖޭގައި ބިންބޮޑު ރަށްތަށް ފަޅަށް ނުބަހައްޓާ އެރަށްތަކުގައި ރައްޔިތުން އާބާދުކޮށް ތަރައްގީ ކުރުމަކީ އިޖްތިމާޢީ އަދި އިގްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަށް ޙައްލުވެގެން ދާނެ ކަމެކެވެ. ރާއްޖޭގައި ބިންބޮޑެތި ރަށްރަށާއި ބިމާއިމފަޅު ބޮޑެތި ރަށްރަށް ހުރި އިރު އެރަށްތައް ފަޅުވާން ދޫކޮށްލުމަށްފަހު މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުމުގެ ސަބަބުން މާލެ ސަރަޙައްދު ވެގެން މިދަނީ އިންސާނީ ބޮޑު މުޞީނާތަކަށެވެ.
އިޖްތިމާޢީ މައްސަލަތަކުގެ ބިރުވެރި ހާއްޔަކަށެވެ. ވެރިކަން ކުރާސިޓީ ފަސޭހަ ދިރިއުޅުން ބަދަލުވެގެން މިދަނީ ވެރިކަމުގެ ފަރާތުން ގައުމާ މެދު ހެޔޮވިސްނުމަކުން ނުވިސްނާތީ ކަމަށް ބެލެވެއެވެ. ވެރިކަމަށް އާދެވިއްޖެނަމަ ދެވަނަ ދައުރަކަށް ވެރިކަމުގައި ހުރުން އެއީ އެޖެންޑާގެ ޓޮޕް މަގުސަދުކަމަށް ވާތީއެވެ. ރައްޔަތުންނަށް ފަސް އަހަރުދުވަހުގެ ހެޔޮ ވެރިކަމެއް ކުރަން ވަޢުދުވެ ކުރާ ހުވާވެސް ހަނދުމަ ނެތި ދާތީއެވެ.
ރާއްޖޭގައި ބިމާއި ފަޅު ބޮޑެތީ ރައްތަކުގައި ކުރިއަށް އޮތް ސަތޭކަ އަހަރު ރައްޔިތުން ވަޒަންވެރި ކުރެވޭނެ ޖާގައެބައޮތެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލް ތަކުން ރަށްތަށްތަށް ތަރައްގީ ކޮށް އެރަށްތަކުގައި ރައްޔިތުން ވަޒަންވެރިކޮށް ރަށްރަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރަން ވެއްޖެއެވެ. އެކަންވާނީވެސް އެފަދަ ބާރުތައް ދެވޭ ކައުންސިލްތަކަކީ އެތަނުގައި ޢިލްމީ ގާބިލު މީހުން ހޮވި މަގާމު ލިބިފައިވާ ބަޔަކަށްވެސް ވުގެނެވެ. އެނޫނީ ލާމަރުކަޒީއޭ ބުނެ އެފަދަ ބާރެއްލިބިދިނަސް އެކައުންސިލަކުން ރައްޔަތުންނަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެކަން ކަށަވަރެއެވެ.
މާލެ ސަރަޙައްދުގައި ބިމުގެ ޖާގައަށްވުރެ ގިނަ މީހުން ދިރިއުޅެން ފެށުމުން ކުރިކަތިވާ އިޖްތިމާޢީ ބިރުތަކާއި އުފެދޭ ބަލިތަށް ގިނަވުމާއި މަގުމަތީގެ އަމާންކަން ގެއްލިގެން މިދާ ދިއުމަށް ދައުލަތް ހިންގަން ޙަވާލުވާ ސަރުކަރުތަކުން ވިސްނާވަޑައިގެން މާލޭގައި ތިބި ރަށްރަށުގެ މީހުން އެމީހުންގެ އުފަން ރަށްތަކުގައި ނުވަތަ އެ ޒޯންތަކުގައި ވަޒަންވެރިކޮށް އެތަންތަނުން ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތެއް ހަމަޖައްސަވާ ދެއްވަން ލަސްވެސް ވެއްޖެމެއެވެ.
މިފަހަކަށްއައިސް މާލެ ސަރަޙައްދުގައި މާރާމާރީ އާއި ތަފާތު ގިނަބަލިތަށް ދަނީ ފެތުރެމުންނެވެ. ހުޅުމާލޭގެ އާބާދީ ވެސް އެކުލަވާލި ޕްލޭނާއި ޚިލާފަށް ބޮޑުވަމުން މިދަނީ ވެރިކަމުގެ ފަރާތުގެ އިހުމާލުން ކަން ފާހަގަކުރަމެވެ. ކުރީގެ ވެރިކަމުގައި ޢިމާރާތް ކޮށްފައިވާ 16ޓަވަރުގައި އެކަނިވެސް 50000މީހުނަށްވުރެ އަބާދީ ގިންވެގެން އެބަދެއެވެ. އެއީ މިވަގުތު ފޭސް 2ގައި ދިރިއޫޅޭނެ މީހުންގެ ޖުމްލައެވެ. ތަފާތުރަށްރަށުގެ ތަފާތު ވިސްނުން ހުންނަ ގިނަބަޔަކު އެއްތަން ފަސޭހައިން ދިރިއުޅެވޭނެ ގޮތެއްނެތި ޖަމާކޮށް ދޫކޮށްލުމުން މިދަނީ އިޖުތިމާޢީ ބޮޑު މުސާބާތަކަށް ވަމުންނެވެ.
ރާއްޖޭގެ ރަށްރަށުން މާލެއައިސް ދަފްރަރު ގައި ރަޖިސްޓަރީވެ ދަފްތަރުގައި ރަޖިސްޓްރީ ވާމީހުންނަކީ މާލޭގެ ރައްޔިތުންކަމުގައި ހަދާ މާލޭ ރައްޔިތުންގެ ޙައްގު ހަނިވެ އެފަރާތްތަކަށް ފްލެޓާ ބިން ދިނުމަކީ މުޅިއަކުން އިންސާފެއްކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. ރަށްރަށުން މާލެއައިސް ވަޒަންވެރިވާން އުޅެނީ ރަށުގައި ދިރިއުޅެވޭނެ ވަސީލަތެއް ނެތުމުންނެވެ. ދިރިއުޅުމަށް ބޭނުންވާ ވަރަށް ޢާންމުދަނީ ލިބޭނޭ ވަސީލަތެއް ނެތުމާއި ތަޢުލީމު ލިބިދެވޭނޭ ސުކޫލާއި ފުރިހަމަ ސިއްޙީ ފަރުވާ ލިބިދެވޭވެރުގެ ހަސްފަތާލެއް ނުތުމާއި ބޯހިޔާވެހިކަން ނެތުމުންކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެފަދަ ފުރުސަތުތައް އެރަށަކުން ނުވަތަ ޒޯނަކުން ލިބެން ހުރިނަމަ އަދި ބޭސްފަރުވާ ވަޒީފާގެ ފުރުޞަތާ ގެދޮރު ބިނާކުރުމުގެ ތަނަވަސް ކަން ހުރިނަމަ މާލެ އައިސް އެ ގަނޑުތެޅޭކަށް ނުވެސް ވިސްނާނެއެވެ.
މިސާލަކަށް ހުވަދޫ އަތޮޅު އުތުރުބުރީ ކޮނޑެއަކީ ބިން ބޮޑު އަދި ފަޅު ބޮޑު ރައްޔިތުން އާބާދުކުރަން ރަނގަޅު ރަށެއްކަމުގައި ބެލެވެއެވެ. އެހެނަސް ދިރިއުޅެވެން ނެތިގެން އެރަށުގެ ތިންބައިކުޅަ އެއްބައި މީހުން މިހާރު ވަނީ ރަށްދޫކޮށް މާލެ ސަރަޙައްދަށް ޙިޖުރަކޮށްފައެވެ. ތަޢުލީމާ ވަޒީފަގެ ފުތުޞަތާ ބޭސްފަރުވާގެ ޚިދުމަތުން މަޙުރޫމް ވާތީ ރަށުގައި ނުއުޅެވިގެންނެވެ. މިކަންމަށް ސަރުކާރު ތަކުން ވިސްނާވަޑައިގެން ކަންކަން ނުކުރެއްވުމުގެ ސަބަބުން ހުރިހާ ނިކަމެތި ކަން ލިބިގެން އެދަނީ ދެރަ ނިކަމެތީންނަށެވެ.
އަބަދުވެސް ކެމްޕޭން ސްލޯގަންއަކީ އަހަރެމެން ހޮވާށެވެ. އެއީ ރައްޔަތުންނަށްޓައި އަދި ދީނަށްޓަކައި އަދި ގައުމަށްޓަކައި އެވެ. ނަމަވެސް އެހެން އެކަން ފަހުމްވާތަނެއް އަދި ފެނިފަކައެއް ނެތެވެ.
އަދި އެހެންމެ، ކޮނޑެއާއި ޖެހިގެން އޮތް ދިޔަދޫ އަކީ ރައީސް މައުމޫނުގެ ވެރިކަނުގައި މީހުން ބަދަލުވާން އެދިގެން އެހެން ރަށްރަށަށް މީހުން ބަދަލުކޮށްފައި ވާ ރަށެކެވެ. ކޮނޑޭ ދިޔަދޫ މީހުންނަކީ ބިމުން ކައިބޮއި އުޅުނު ބައެކެވެ. ދެރަށުން ވެސް މީހުން ބަދަލު ކުރެވުނެވެ. އެހެނަސް ކޮނޑޭ މީހުން އެނބުރި ރަށަށް ޙިޖުރަކުރަން ބޭނުންވުމާއި އެކު އެ ފުރުޞަތު ސަރުކާރުން ދެއްވިއެވެ. މިހާރު ރަށުގެ އާބާދީ ހާހަކާ ގާތް ކުރަމުން އަންނަ އިރު ދިރިއުޅެވޭނެ އަސާސީ ޚިދުމަތް ރަށުން ލިބޭނެ ގޮތެއްނެތެވެ. ކޮނޑެއަކީ ބިންބޮޑު ފަޅުވެސް ނުހަނު ބޮޑުރަށަކަށް ވާތީ އެރަށުގައި ގެދޮރު އަޅާ ކައިރި ރަށްރަށުގެ މީހުން އާބާދު ވާން ފުރުޞަތު ހުޅުވާލައިފިނަމަ ގަބޫލުކުރެވެނީ އާބާދީ ބޮޑުތަނުން އިތުވެގެންދާނެއެވެ.
ކޮނޑޭފަދަ ރަށްރަށުގައި މަތީ ތަޢުލީމާއި އެކަށޭނެ ސިއްޙި ފަރުވާއާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފިނަމަ ވަކިވެގެން ގޮސްފައިވާ ޢާއިލާތަށް ބަދަހިވެ އެއްތަނަކަށް ދިރިއުޅުން ބަދަލުކޮށް އުފާ ފާގަތި ކަމާއެކު ދިރި އުޅޭން ފަށާނެއެވެ. މިފަހަރު ހިޔާ ފްލެޓް ލިބުނު މީހުންގެތެރެއިން ބައެެއް މީހުންނަކީ މާލެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށްފަހު މާލޭގައި ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުނެވެ. މާލެ އެއައީ ފްލެޓް ލިބުމުންނެވެ. މީގެ ތެރެއިން ބައެއް މީހުން އެމީހާގެ ފުލެޓް 16000ރުފިޔާއަށް ކުށްޔަށް ދިނުމަށްފަހު މިހާރު ވަނީ އަނބުރާ ރަށަށް ގޮސްފައި ކަން ފާހަގަކުރަމެވެ.
ހަމަ އެހެންމެ ހުވަދޫ އަތޮޅު އުތުރު ބުރީ ގެމަނަފުށީގެ ފަޅަކީ ވެސް ބޮޑު ފަޅެކެވެ. ރަށާ ގުޅިގެން އެއްފަޅެއްގައި ތިރީހަކަށް ފަޅުރަށް އޮވެއެވެ. ހިއްކައިގެން ގޯތިދޭން ބެލި ކަމުގައި ވިޔަސް 200އަހަރު ވަންްދެންގޯތި ދެވޭނެ ޖާގަ އެބައޮތެވެ. ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ސަރަހައްދު ތޮއްޖައްސާލުން ކަމުގައި ދެކުމަކީ ބުއްދިވެރި ސިޔާސަތެއް ނޫނެވެ. ފައިސާ ގިނަ މުއްސަންދީންގެ ރިއަލް ސްޓޭޓް ވިޔާފާރި ފުޅާކޮށް އެމީހުނަށް ފައިދާހޯދައި ދިނުމަކީ ސަރުކާރުތަކުގެ އަމާޒަކަށް ވެގެން ނުވާނެއެވެ. ރައްޔިތުންގެ ޙާލަތާއި ގައުމުގެ އަމަން އަމާން ކަމާ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެއްދެވުމަށް ސަރުކާރު ތަކުން މަސައްކަތް ކުރެއްވި ނަމަ މާލެ އަށް މި ނުރައްކާތެރި ދަތިކަން މެދުވެރިނުވީސް ކަން ކަށަވަރެވެ.
ކޮނޑެއާ ޖެހިގެން އޮންނަ ދިޔަދޫގެ ގިނަމީހުން ބަދަލުވީ ގެމަނަފުށްޓަށެވެ. ކޮނޑެއަށް ބަދަލުވީ އެންމެ ޢާއިލާ އެކެވެ. އެ ޢާއިލާގެ ގިނަ މެންބަރުން ވަނީ ފަހުން މާލެއަށް ޙިޖުރަކޮށްފައެވެ.
ރާއްޖެ ތެރެ ފަޅުވަމުން ދިއުމުގެ ސިއްރަކީ ރައްޔަތުންނަށް ދައުލަތް ހިންގަދޭން ޙަވާލުވާ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތެވެ. އިންސާނުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދިރިއުޅުމުގެ އަސާސީ ޙައްގުތަށް ލިބެން ނެތުމަކީ ސަރުކާރުތަކުން ރައްޔިތުންްގެ މައްޗަށް އެއްވެސް އިޙުތިރާމެއް ނެތްކަން ހާމާވެގެން ދާ ސަބަބެކެވެ. އަދި ދައުލަތް ހިންގުމަށް ނުކުޅެދޭބައެއްކަން ހާމަވުމެވެ.
އާބާދީ ބޮޑުކުރުމާއި ރަށްރަށުގައި އަސާސީ ޚިދުމަތްތަށް ތަރައްގީ ކުރުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބުކަމާއިމެދު ދެބަސްވާ ރައްޔަތަކު ނެތެވެ.
އެހެން ކަމާއިއެކު އަހަރެމެނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ހޮވައިދިފަވާ ސަރުކާރަށް މިގޮވާލަނީ ހަމަހަމަ ކަމާއެކު އެނމެނަށް އަސާސީ އެންމެހައި ޙަގުތަށް ކަށަވަރު ކޮށް ދިނުމަށެވެ.
One Response
Fahala best