އެމްއެންޕީގެ މެންބަރުން މަޖިލީހުގެ ކޮމިޓީތަކަށް އައްޔަންކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ތިން މެމްބަރުން މަޖިލީހުގެ ކޮމިޓީތަކަށް ހަމަޖައްސައިފި އެވެ.

މަޖިލީހުގެ ކޮމިޓީތަކަށް އެމްއެންޕީގެ މެންބަރުން އައްޔަންކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުއްލާ ވަނީ  އެކަން އިއުލާން ކުރައްވާފައެވެ.

އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ.

ކޮމިޓީތަކަށް އައްޔަންކުރެއްވި މެންބަރުންނާއި ކޮމިޓީތައް:

  • ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަދި ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީއަށް)
  • ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުއްލާ ރިޔާޒް ( މާލިއްޔަތު ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް)
  • ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީ އަދި ހިއުމަން ރައިޓްސް ކޮމިޓީއަށް)

 

އިލެކްޝަންސް ކޮމިޝަނުން އެމްއެންޕީ ރަޖިސްޓްރީކޮށްދިނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އަދި އޭގެ ދެ ދުވަސް ފަހުން މަޖިލީހުން ވެސް ވަނީ އެމްއެންޕީ ބަލައިގެންފަ އެވެ.

 

އެއާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލާއެކު ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް މިނިވަން މެމްބަރެއްގެ ގޮތުގައި ހަމަޖެއްސި އެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިތުރު މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންވެސް ވަނީ ހަމަޖައްސާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް