ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި  މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގި  ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުހައްމަދެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެ 10:00 އަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް އިބްރާހިމް އަހުމަދު ހާޒިރުވުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ.

އަދި އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ބޭނުންވާނަމަ 9791508 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް