މިހާރު ރާއްޖޭގައި މިއޮތް ވެރިކަމަކީ ކޯލިޝަނަކުން ކުރާ ވެރިމެކެވެ. ހަމައެކަނި އެމްޑީޕީގެ މީހަކު ރައީސްކަމުގެ މަގާމުގައި ހުންނެވުން ފިޔަވައި އެމްޑީޕީގެ އެއްވެސް ބާރެއް މިވެރިކަމަކު ތެރެއަކު ނެތެވެ.
މާޒީ ވެދިޔަތާގައި ކޯލިޝަނަކުން ކޮށްފައިވާ އެހެން ވެރިކަމާ މިވެރިކަން ތަފާތު ވަނީ އެންމެ ގޮތަކުންނެވެ. އެގޮތަކީ ކޯލިޝަން ނުރޫޅިއޮތްކަމެވެ. ތަންފީޒު ކުރަނީ ވެސް ހަމަ އެކަނި އެމްޑީޕީގެ ސިޔާސަތު ތަކެއްނޫނެވެ. މުޅި ކޯލިޝަން ގެމަޝްވަރާގެ މަތިން ހިންގާ މި ވެރިކަމަކީ އެމްޑީޕީގެ ވެރިޔަކު ހުރީތީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ސިފަ ކުރެވޭކަށް ނެތެވެ. އެހެން ކަމުން އެމްޑީޕީން ބޭނުންވާ އެތައްއެތައް ކަމެއް ނުކުރެވި ދާކަން ފާހަގަ ކުރެވެއެވެ. ރިޒޯޓް ތަކުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނިދަން ގެއަށް އައުމަކީ ވެސް އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. އެހެނަސް ކޯލިޝަން ސަރުކާރެއް އޮތުމުން މިކަން މިވަނީ ނުވާގޮތް ވެފައެވެ. މީގެ އިތުރުން މުޅިރާއްޖެ އަވަސް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމާއި މިހެންގޮސް އެތައް ކަމެއް ކޯލިޝަން ސަރުކާރެއް އޮތުމުގެ ސަބުން މިވަނީ އެމްޑީޕީން ބޭނުވާ ގޮތަށް މިކަން ވެސް ނުވެފައެވެ.
އެމްޑީޕީގެ މެނިފެސްޓޯ ތައްޔާތުކޮށްފައި ވަނީ ރައްޔިތުން ގެ ގާތުން އަހައިގެން ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށެވެ. ފުދުންތެރި ރައްޔިތުމީހާ އުފެއްދުމަކީ އެމްޑީޕީގެ އަމާޒެކެވެ. މީގެ އިތުރުން އަމިއްލަ ބޯހިޔާވަހި ކަމުގައި މީހަކަށް ނުދަރައި ފުދިގެން އަމިއްލަ ފައިމައްޗަށް ރައްޔިތުމީހާ ތެދުވުމުގެ އަމާޒަށް ވާސިލު ވުމަކީ އެމްޑީޕީގެ ވައުދެކެވެ. އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއްކަމަށް ގައުމު ހެކިވާނީ ވައުދު ފުއްދޭ މިންވަރަކުންނެވެ.
އެމްޑީޕީން 2008ގައި ރައްޔިތުންނަށް ކަމެއް ކޮށް ދެވުނީ ކޯލިޝަން ރޫޅާލައިގެންނެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އެލަވަންސާއި އެކަނިވެރި މައިންނާއި ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ދެވިފައި ވަނީ ވެސް ކޯލިޝަނަކަށް ބެލުމެއް ނެތި އެމްޑިޕީން ކުރި ބުރަ އަދި އިދިކޮޅުގެ އުދަގޫ އެހާވަރަށް އޮވެމެ ރައްޔިތުންގެ ހައްގަށް ކުރި އިޙުތިރާމުގެ ނަތީޖާއިންނެވެ. މީގެ އިތުރުން އާސަންދައަކީ އިދިކޮޅުގެ އުދަގުލާ ކުރި ފުރައްސާރައާ އެކުވެސް ދިވެހި ރައްޔިތުން ބޭސް ސިޓީއަށް ސަލާން ޖަހާ ޖެހުން ނިމުމަކަށް ގެނެވި އަދި މިއަދު އެއީ ހުރިހާ ރައްޔިތުން އެ އުފާ ކުރާ ބޭސް ފަރުވާގެ ނިޒާމެވެ. އެ ނިޒާމު އިތުރަށް ފުރިހަމަވެ މިއަދު އެ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުން ދަނީ ރައީސް ޔާމީނު އެ ނިޒާމަށް ގެންނެވި ހެއު ބަދަލުގެ ސަބަބުންނެވެ. ހުސްނުވާ އާސަންދައިގެ ސަބަބުންނެވެ.
އެމްޑީޕީން ރައްޔިތުންގެ އަތުން ނަގަންފެށި ތަފާތު ޓެކްސްތަކުގެ ސަބަބުން ގައުމަށް ލިބޭ އާމުދަނީ ވަނީ އިތުރުވެފައެވެ. އަދި އެކަމުގެ ސަބަބުން ސިޔާސީ މަގާމުތަކަށް މީހުން އިތުރުކޮށް ތަރައްގީގެ މަޝްރޫޢުތައް ރައްޔިތުންގެ ފައިސާއިން ހިންގަން ވަނީ މަގުފަހިވެފައެވެ. ރަށްރަށުގައި ތާރުއެޅައި މަގުތައް ހަދައި ތޮށިލަމުންދަނީ ރައްޔިތުންގެ އަތުން ނަގާ ފައިސާއިންނެވެ. އެހެނަސް ހިތާމަޔަކީ ކޯލިޝަން ސަރުކާރުގައި އެމްޑީޕީއާ އެކު ބައިރިވެރިވާ އަނެއް ތިން ޕާޓީގެ ނުފޫޒުން މިނިވަން ފުދުންތެރި ރައްޔިތުމީހާ ބިނާ ކުރެވޭނެ ގޮތް މިވަނީ ނުވެފައެވެ. މިހެން ވާން ޖެހެނީ މިކަން ފުރިހަމަ ކުރެވިޖެނަމަ އެހެން ޕާޓީތަކުގެ ވެރިން ސިޔާސީ އަދި ނަފުސާނީ ގޮތުން މާޔޫސްވެ ޕާޓީ ވެސް އުވޭ ހިސާބަށްހިނގައިދާނެތީ ކަންބޮޑުވާ ކަންބޮޑުވުމުގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ ޖާހަތާ ލައްޒަތަށްޓަކައި ސިޔާސީވެރީންނަށް ހަޖަމު ކުރެވޭނެ ކަން ކަމެއް ނޫނޭވެ.
އެހެން ކަމާއެކު އެމް.ޑީ.ޕީ.އެއްވެސް ކޯލިޝަނަކާ ބައިވެރިނުވެ ހަމައެކަނި ޕާޓީގެ ސަރުކާރެއް އޮވެއްޖެނަމަ
ފުދުންތެރި އަމިއްލަ ބޯހިޔާވަހިކަމުގައި މީހަކަށް ނުދަރައި އެންމެހައި ޒަރޫރީ ކަންކަން ފުރިހަމަކޮށްގެން އަމިއްލަ ފައިމަތީގައި ފުދިގެން ހުންނަ ރައްޔިތުމީހާ ދައްކައިދޭނެ ކަމަށް އެޕާޓީއިން ވަނީ ވަޢުދު ވެފައެވެ. އެހެނަސް މިކަން ނުވެގެން މިއުޅެނީ އިސްވެ ދެންނެވި ސަބަބާހެދި އެވެ. ރަނގަޅު ގޮތް ހޯދާނީ ރައްޔިތުންނެވެ. ރަނގަޅު ގޮތް ރައްޔިތުންނަށް އެންމެ ފަސޭހައިން ހޯދައި ދެވޭނީ ސަރުކާރަށެވެ.
2 Responses
ސަޢީދެވެ. ބޯ ސަކަރާތް ވާކަތައް ލިޔެ ޢާންމު ނުކޮށްބަލާށެވެ. 2008 ތިބުނާ އެމްޑީޕީއަށް އެކަނި ލިބުނީ ކިތެއްވޯޓްތޯއެވެ އަދި އެވެސް އެމްޑީޕީ އެކިޔާ *ކާޅު* އާއި ގުޅިގެނެވެ. ދެން 2013 ވީކިހިނެއްތޯއެވެ. ދެން 2018 ގައި ލިބުނީ ހިތެއްވޯޓްތޯއެވެ. ދެން އަމުދުން އެމްޑީޕީގެ ކޯލިޝަނަކާއި ގުޅޭނީ ކާކުބާވައޭ މަ ހިތަައްއަރައެވެ. ސިޔާސީ މިލިޓަރީވިން ނާޒިމާއި ޢަބުދުއްﷲ ރިޔާޒްގެ ގޮތެއްނޭނގެއެވެ. ވަރަށް ވާހަކަ މިބުނީ. ވިސަނާލާތި އިނގޭތޯ؟
އަޅުގަނޑު ދެކޭ ގޮތުގައި މައްސަލައަކީ ލިއުންތެރިންވެސް ވަކި ޕާރޓީއެއްގެ ނޫނީ ވަކި މީހެއްގެ ސަރުކާރެއް ކަމުގައި ދެކި ޚިޔާލު ފާޅުކުރެއްވުމެވެ. ދިވެހިރާއްޖޭގައި އޮންނާނީ އަދި އޮންނަންޖެހޭނީވެސް ދިވެހި ރައްޔިތުންގެ ސަރުކާރެކެވެ. މި ވިސްނުން ރައްޔިތުންގެ މެދުގައި އަށަގެންނެވުން ބޭނުންކަމުގައި ދެކެމެވެ.