ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ފްލެމިންގޯ ހިފައި އެ ވިއްކާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.
އެޗްޕީއޭން ބުނީ ފްލެމިންގޯތައް ރާއްޖެ އިން ފެންނަމުން މި ދަނީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނިތައް ގިނަ އަދަދަކަށް ރާއްޖެ އަންނަ ދުވަސްވަރުކަމަށް ވާތީކަމަށެވެ.
ފްލެމިންގޯތައް ހއ އާއި ހދ ބައެއް ރަށްތަކުންވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން އެ އަތޮޅު ބާރަށް، ފިއްލަދޫ އަދި މުރައިދޫންވެސް ފްލެމިންގޯތަށް ފެނިފައިވާއިރު ހދ. ކުޅުދުއްފުށީގެ ކުޅިން ވެސް ގިނަ އަދެއްގެ ފްލަމިންގޯތައް ވަނީ ފެނިފައެވެ. ބައެއް ރަށްރަށުގެ މީހުން ދާޖަހައިގެން މި ދޫނިތައް ވަނީ ހިފާފައެވެ. އަދި އޭގެ ފޮޓޯއާ އެކު އެ ދޫނިތައް ވިއްކުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދޫންޏެއް 30000 ރ އަށް ވިއްކަން ބަޔަކު ވަނީ ޖަހާފައެވެ.
ފްލެމިންގޯ ވިއްކަން މީހުން މަސައްކަތް ކުރަމުން މި ދަނީ މިދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޕީއޭ އިން ދީފައި ވަނިކޮށެވެ.
ފްލެމިންގޯ އަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ ދޫންޏެކެވެ. ދިވެހިން މި ދޫންޏަށް ކިޔަނީ ގުޑުގުޑާ ދޫންޏެވެ.
One Response
ތިކަމަށްވުރެ ރާއްޖޭގައި މީހުން މެރުމާއި ފޭރުން ހުށްޓުވަބަލާށެވެ. #އިންޑިއާ-އައުޓް