މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 80 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 55 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 5 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 20 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 85,278 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,333 އެކްޓިވް ކޭސް ހިމެނޭއިރު 17 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 232 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 83,700 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.