މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 128 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 69 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 45 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 82,950 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,936 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 227 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 80,774 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.