އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 138 މީހުންނެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 72 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 51 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 82,822 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,037 އެކްޓިވް ކޭސް ހިމެނޭއިރު 17 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިހާތަނަށް ރާއްޖެ އިން 227 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 80,545 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.