ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުނަށް ފަރުވާދޭ ފެސިލިޓީތަކަށް ވަގުތީ ގޮތުން މަސައްކަތްކުރާނެ ގިނަ އަދަދެއްގެ ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.
މި ކަމާގުޅިގެން އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ބޭނުންވާކަމަށެވެ.
އެގޮތުން 36 ނަރުހުން ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.
އެއް އަހަރުދުވަހުގެ މުއްދަތަށް ހޯދާ މި ނަރުހުން މަސައްކަތް ކުރަން ޖެހޭނީ ވަނީ ހަފުތާއަކު ފަސް ދުވަހު ދުވާލަކު އަށް ގަޑިއިރު އެވެ.
މަހު މުސާރައިގެ ގޮތުގައި 9060ރ. އާއި އިތުރު އެލަވަންސްގެ ގޮތުގައި ދުވާލަކު 188ރ. ދޭން ހަމަޖައްސާފައިވާ މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.
މި މަގާމުގެ ޝަރުތަކީ ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
މި މަގާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލްކުރުމަށް އައިޖީއެޗުން ބުނެއެވެ.
ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދޭން ހާއްސަކޮށްފައިވާ ފެސިލިޓީތަކުގައި ނަރުހުންގެ މަދުވެ، ނަރުހުން ބޭނުންވާކަން މީގެ ކުރިންވެސް ސަރުކާރުންވަނީ ބުނެފައެވެ.