އުމުރު 100 އަހަރު: ކާފަދަރިންނަށް ކާންބޯން ދޭން ގުދާރު ބިންދައިގެން ދާވަރަށް ބުރަ މަސައްކަތް ކުރަނީ

Loading

Facebook
Twitter
WhatsApp

އޭނާގެ އުމުރުން 100 އަހަރުވެއްޖެއެވެ. އެކަމަކު ޒުވާން ދުވަސްވަރު ބުރަ މަސައްކަތް ކުރި ފަދައިން އުމުރުން 100 އަހަރުގައި ވެސް އޭނާ ދަނީ އޭނާގެ ޔަތީމު ކާފަދަރީންނަށް ކާންބޯން ދިނުމަށް މިހާރު ވެސް ބުރަމަސައްކަތް ކުރަމުންނެވެ.

އަތް ގާޑިއަލެއްގެ ގޮތުގައި އޭނާ ގެންގުޅޭ ބައިސިކަލް ގާޑިއާއަށް އެތައް ސަތޭކަ ކިލޯގެ ބަރުދަން ހުރި ތަރުކާރީގެ ބާވަތްތައް އަރުވައި ބަރާކޮށްގެން އެއްސަރަހައްދުން އަނެއް ސަރަހައްދަށް ގެންގޮސް އޭނާ ކޮންމެ ދުވަހަކު ވިއްކަމުންދެއެވެ.

ހަރު ބަޒަން ސިންގްއަކީ އިންޑިއާގެ ސިކުންގެ މައި ސަރަހައްދުކަމަށްވާ ޕަންޖާބުގެ މޮގާ އަވަށުގެ މީހެކެވެ. އޭނާ މަގުމަތީގައި ތަރުކާރީ ވިއްކުމުގެ މަސައްކަތް ކުރަނީ އާއިލައަށްޓަކައެވެ. އޭނާގެ ކާފަދަރިންނަށްޓަކައެވެ.

ދިރުއުޅުމަށް ބޭނުންވާ ތަކެތި ހޯދަން މަސައްކަތް ކުރަން އޭނާގެ ދަރީންނެއް ގޭގައި ނޫޅެއެވެ. އެކަމަކު ގޭގައި އުޅޭ އޭނާގެ ކާފަދަރީންގެ ހައްގުގައި އުމުރަކަށް ބެލުމެއް ނެތި އޭނާ ދަނީ ބުރަ މަސައްކަތް ކުރަމުންނެވެ.

ހަރު ބަންޒު ސިންގު: މަސައްކަތް ކުރަމުން ދަނީ ކާފަދަރިންގެ ހައްގުގައި

ހާރު ބަޒަން ސިންގް ފެންކަޅިވެ ރޮވިފައިވާ ހާލަތުގައި ބުނިގޮތުގައި އޭނާގެ ދަރިފުޅު ދެ އަހަރު ކުރިން މަރުވުމުން އޭނާ އިނދެގެން އުޅުނު އަންހެން މީހާ ދަރީން ނުބަލައި ގެއިން ނިކުމެގެން ދިޔައީއެވެ. އަދި ސިންގްގެ ދެވަނަ ފިރިހެން ދަރިފުޅުވެސް އޭނާގެ ބައްޕައަށާއި އެއްބަނޑު ބޭބެގެ ދަރީންނާ މެދު އަޅާލުމެއްނެތި ގެއިން ނިކުމެގެންދިޔައީއެވެ.

ހަރު ބަންޒު ސިންގް ބުނި ގޮތުގައި އިންޑިއާއާއި ޕާކިސްތާނަށް މިނިވަން ކަން ލިބުނު ދުވަސްވަރު އޭނާ ހުރީ ޕާކިސްތާނުގައެވެ. އޭނާ ޕާކިސްތަނުގައި 18 އަހަރުދުވަސްވާނދެން އުޅުމަށްފަހު ފަހުން އިންޑިއާގެ ޕަންޖާބަށް ހިޖުރަކުރީއެވެ.

އޭނާ ދިރިއުޅެނީ މީހަކަށް ބަރޯސާވެގެންނެއް ނޫނެވެ. އަމިއްލަ މަސައްކަތުން ހޯދާ ލާރިންނެވެ.

”އަހަރެން މަރުދެކެ ބިރެއް ނުގަނޭ. މަރަކީ ކަލާންގެ ބާރުގެ ދަށުގައިވާ ކަމެއް. އަހަރެން މިހިރީ ސިއްހަތު ސަލާމަތުން. އަދި އަހަރުތަކެއްވާނދެން އަހަންނަށް ދިރިހުރެވޭނެ.“ ހަރު ބަންޒު ސިންގް ބުންޏެވެ.

ހަރްބަންސް ސިންގްގެ ބުރަ އަދި ހިތްދަތި ދިރިއުޅުމުގެ ވާހަކަ އަޑު އިވުމުން ބައެއް އޯގާވެރިން އޭނާއަށް ދަނީ އެކިގޮތްގޮތަށް އެހީފޯރުވަމުންނެވެ.

 

Loading

One Response

  1. އިންސާނުން އެދޭ ކަންތައްތައް ހާސިލުކުރަން އެދޭނަމަ އެކަމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށްވެސް މަސައްކަތްކުރަންޖެހޭނެއެވެ. އުމުރުން ދުވަސްވުމަކީ އަދި މުސްކުޅިވުން ކަމުގައި ބަލައިގެންނުވާނެއެވެ. މުސްކުޅިވުމުގެ އެންމެ ބޮޑު އެއް އަލާމާތަކީ އުމުރާގުޅިގެން ހަށިގަނޑުގެ ހަކަތައަށް އަންނަ ބަދަލެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މީހުންގެ އެވްރެޖް އުމުރު މީގެ އަހަރުތަކެއްގެ ކުރިން ހުރި މިންގަނޑާ މިއަދުގެ އެވްރެޖް އުމުރު ތަފާތެވެ. މަރުވުމަކީ ވަކި އުމުރަކަށް ބެލޭކަމެއް ނޫނެވެ. ކޮންމެއަކަސް ލިއުންތެރިޔާގެ އަމާޒު އެއީ މިހާރަކަށް އައިސް މިރާއްޖޭގައިވެސް ޢާންމުވަމުންދާ ވިސްނުމެއްކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. ނިސްބަތުން ވަރަށްގިނަ ދިވެހިންގެ ވިސްނުންވެސް މިއަދު މިއޮތީ “ ނަފްސީ ނަފްސީ “ ވެފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް