މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަ ޖާގަތަކަށް އެދުމުގެ މުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުް ކުރި އިއުލާނެއްގައިވާ ގޮތުގައި މާލޭގެ 10 ސަރަހައްދަކުނ ް ޖުމްލަ 211 ޖާގައަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އެގޮތުން ހަތަރުފުރޮޅީ އުޅަނދުތަކުގެ ތެރެއިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 350 ކިލޯގެ ޕިކަޕާއި، ކާރު އަދި ވޭނަށެވެ.
އަގު ދީގެން ޕާކުކުރުމަށް ދޫކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް:
- މއ. ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) – 44 ޖާގަ
- މއ. ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) – 21 ޖާގަ
- މއ. ކުރެދިގޯޅި – 10 ޖާގަ
- މއ. ހުދުފަޅުހިނގުން – 8 ޖާގަ
- މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި – 20 ޖާގަ
- މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) – 10 ޖާގަ
- ސަލާހުއްދީން ޕާކިން – 10 ޖާގަ
- ހ. އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރު ތަކަށް – 24 ޖާގަ
- ހ. އަލިމަސް ކާނިވާ ސަރަހައްދު – 6 ޖާގަ
- ހ. ސަލްމާން މިސްކިތު ސަރަހައްދު – 58 ޖާގަ
މި ޖާގަތަކުގެ ތެރެއިން ޗައިނާ އެމްބަސީ ކުރިމަތިން އާޓިފިޝަލް ބީޗުގެ ޕާކިންގްގެ 24 ޖާގަ ހާއްސަކޮށްފައިވަނީ ހަމައެކަނި ޕްރައިވެޓް ކާރުތަކަށެވެ.
ސިޓީ ކައުންސިލުން ބުނީ ޒޯނުތަކުގެ ޖާގައަށް އެދޭ ފަރާތްތަކުން ޖުލައި 18 ގެ މެންދުރު 2:00 ގެ ކުރިން ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ސިޓީ ހުށަހަޅާން ޖެހޭނެ ކަމަށާއި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ވެހިކަލްގެ ރެޖިސްޓްރީ ކޮޕީ ހުށަހަޅާން ޖެހޭނެ ކަމަށެވެ.
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރު ނަގައިގެން ކަމަށް ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުގެ އާ ކައުންސިލަރުން ހުވާކުރުމަށްފަހު އެންމެ ފުރަތަމަ ނިންމި ނިންމުންތަކުގެ ތެރޭގައި މާލޭގައި އަގު ދައްކައިގެން ކާރުތަކަށް ދޫކުރާ ޕާކިންގް ސްލޮޓުތަކުގެ ޕާކިންގް ފީ 3,000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރުން ހިމެނެއެވެ.
One Response
އަޅުގަނޑު ހީކުރީ މާލޭގައި އެއްނަމެއްކިޔާ ދެ މަގެއް ނޯންނަކަމަށެވެ. އަޅުގަނޑުދިރިއުޅޭ ގެ ހުންނަނީ ގަލޮޅު ލޮނުޒިޔާރަތް މަގާއި ރާދަފަތި ހިނގުމުގެ ކަންމަތީގައެވެ. މައްޗަންގޮޅީ ރާދަފަތިހިނގުން އޮންނަހިސާބެއް އޮޅުންފިލުވާދެއްވައިފިނަމަ ޝުކުރުވެރިވާނަމެވެ.