ލަންކާގައި ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި ދިވެއްސެއް ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އަވައްޓެރި ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުނު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހަތަރުމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން ދެން ތިބި ތިން މީހުންނަކީ ލަންކާ މީހުންކަމަށްވެއެވެ

މިމީހުން ހައްޔަރުކޮށްފއިވަނި ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުންނެވެ.

އެގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ލިޔެފައިވާ ގޮތުން މި ކުއްޖާ ލައްވާ ހަށިވިއްކުވާތާ ތިން މަސްވެއްޖެއެވެ. ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ކުއްޖާއަށް ޖިންސީ ގޮތުން އެކުއްޖާ އަށް ވަނީ ޖިންސީ ގޮތުން ގިނަ އަނިޔާތަކެއް ވެފައެވެ.

އެކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާދެމުން ދާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ކުޑަކުއްޖާއަކީ ކޮން ގައުމެއްގެ ކުއްޖެއްކަމެއް ހާމަކޮށްފައި ނުވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާގެ މައުލޫމާތެއް ފުލުހުން ދީފައިނުވެއެވެ.

ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުއްޖާ ލައްވާ ހަށިވިއްކުމުގެ މި މައްސަލައިގައި އެކުއްޖާގެ މަންމަ ވެސްބައިވެރިވފައިވާކަމަށްތުހުމަތުކުރެވެއެވެ.

ދިވެހި މީހާއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށް ވެވެއެވެ.

އަދި މީގެ އިތުރުން މި ކުއްޖާ ހިމެނޭ ހެން ކުޑަކުދިން ލައްވާ ހަށިވިއްކުވުމަށް ބޭނުންކުރާ ވެބްސައިޓެއް ހިންގަމުން ދިޔަ ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މީހުނާއެކު މިމައްސަލައާއި ގުޅުންހުރި އޮޕަރޭޝަން ތަކުގައި 32 މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އިތުރު 12 މީހަކު  ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް