ތުރުކީ ވިލާތުގެ ޓްރޭޑް މިނިސްޓަރ ނޫސްވެރިންނާ ބައްދަލު ކުރައްވަވައި މައުލޫމާތު ދެއްވަމުން އެ ގައުމުގެ އެކްސްޕޯޓް ކުރެވުނު މުދަލުގެ ނިސްބަތް ރެކޯޑް އަދަދަކަށް ފާއިތުވި ޖޫން މަހު އަރާފައިވާކަން ވަނީ އުފަލާއެކު ހުކުރު ދުވަހު ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ޖޫން މަހު އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގު 19.8 ބިލިޔަން ޑޮލަރާއި ކައިރި ކުރާކަމަށެވެ. މިއީ ފާއިތުވެ ދިޔަ އަހަރާއި އަޅާ ބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.
ތުރުކީ ވިލާތުގެ އިގްތިސާދު ވަނީ 2021 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑު ތަން ރަނގަޅުވެފައެވެ. ފާއިތުވި 2020 ވަނަ އަހަރާ ޚިލާފަށް މި އަހަރު އެ ގައުމުން ބޭރަށް އެކްސްޕޯޓު ކޮށްފައިވާ މިންވަރު ވަނީ %40 އިތުރުކޮށްފައެވެ. މި އަހަރުގެ ޖެނުއަރީ މަހުންފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ގައުމުން އެކްސްޕޯރޓް ކުރިމުދަލުން ޖުމްލަ 105 ބިލިޔަން ޑޮލަރު އެ ގައުމަށް ލިބިފައިވެއެވެ.