ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރީ ތިބޭފުޅުންކަމަށް ވިދާޅުވެ، ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި އިސްވެ ހަރަކާތްތެރިވާ އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) އަށް ބަހުގެ ހަމަލާއެއް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދަށް ދިން ހަމަލާއަކީ އޮޅުވާލުމެއް ނޫނީ ޑްރާމާ އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން އިންތި ގޮވައިލުމާ ގުޅިގެން އޮންލައި ނޫހެއްގައި ލިޔެފައި އޮތް އާޓިކަލް އެއްގެ ސްކްރީންސޮޓް ޝެއާކުރައްވަމުން އިހުސާން ވިދާޅުވީ ހަގީގަތާ ހިލާފު ވާހަތައް ފަރާތްތަކަށް ފިޔަވާޅު އަޅަން ޖެހޭ ކަމަށާ، ނަމަވެސް އެފަދަ ވާހަކަތައް ފެތުރުމުގެ ސަގާފަތެއް އާލާކުރެއްވީ އެ ބޭފުޅުން ކަމަށެވެ.
” މީ ވަރަށް ރަގަޅު ކަމެއް. މި ބާވަރުގެ ބޮޑެތި ކަންކަމުގެ ހަގީގަތް ނޭގި މިފަދަ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ. އެކަމަކު މިގޮތަށް ވާހަކަތައް ހަދައިގެން ދެއްކުމުގެ ސަގާފަތެއް މި ގައުމުގައި އާލާ ކުރެއްވީ ހަމަ މި ބޭފުޅުން“ އިހުސާން ކުރެއްވި ޓްވީޓްގައި ވެއެވެ.
Miee varah rangalhu kameh. Mibaavathuge bodethi Kankamuge haqeeqaiyy neyngi mifadha vaahaka dhakkaa meehunah fiyavalhu alhan jehey. Ekamaku mi gothah vaahakatha hadhaigen dhehkumuge saqaafatheh mi qaumuga aalaakurehvvee hama mi beyfulhun. pic.twitter.com/EA3BPzgeJl
— Ali Ihusaan (@ali_ihusaan) June 26, 2021
އެމްޑީޕީގެ އަހަރީ ދުވަހާއި، ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކަށް ފާރަވެރިވާ އެމްޑީޕީގެ ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިންތި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައެވެ.
އިހުސާން ވަނީ މީގެ ކުރިންވެސް މިފަދަ ބަހުގެ ހަމަލާތަކެއް ނަޝީދުގެ ހަމާލާ އާގުޅިގެން އެމްޑީޕީއަށް ދީފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމިން އަށް ދިން ބޮމުގެ ހަމަލާވެސް ބަޔަކު ޖޯކުޖެހިކަމަށް ވިދާޅުވެ، އެފަދަ ކަންތައް ސީރިއަސް ކަންތައްކަތެއްގެ ގޮތުގައި ނަގަންޖެހޭކަމަށް ވެސް އެ ހަމަލާގެ ތަހުގީގުގައި އިސްކޮށް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި އިހުސާން ވަނީ ވިދާޅުވެފައެވެ.
One Response
އިހްސާން ވިދާޅު ވިހެން ހުރިހާނުބައެއް މިދިވެހި ރާއްޖޭގައި އުފެއްދީ އެމްޑީޕީއޭ ކިޔައިބައިގަނޑެއް އުފެދުނުފަހުން މިރާއްޖޭގައި މައުމޫނުމެން ޔާމީނުމެން އަދިމައުމޫނު އަށް ތާއީދުކުރާ މީހަކު މަރަން ދިމާކުރީމާ އެމްޑީޕީ މީހުންނަކީ އެކަންކަމށް ޖޯކުޖަހާ ލަވަކިޔާ ނަށާބައެއް މިޤައުމުގެ އިޖްތިމާއީ ފޭރާން ފުނޑުފުނޑު ކޮށް ވީދާލީ ހަމަ މިއެމްޑީޕީ ބައިގަނޑު މިހާރުދެން ކޮންމަރުމޯލެކޭ އެމްޑީޕީ ބައިގަނޑު ކިޔަނީ ވަރަށްސާފް