އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތަތަކީ އާދަޔާ ހިލާފު ކަމެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީރަމީޒު ވިދާޅުވެއްޖެއެވެ.
އަލީރަމީޒު ވިދާޅުވީ މި ބިލާ ދެކޮޅަށް ގިނަ މީހުން އަޑު އުފުލުމަކީ އިސްލާމް ދީނަށް މީހުންގެ މެދުގައި އޮތް ލޯބި ހާމަކޮށްދޭ ކަމެއް ކަމަށެވެ.
“ ހީލަތްތެރި ދެކިއުލާ ބިލާ ދެކޮޅަށް ހުރިހާ ޕާޓީ އަކަށް ނިސްބަތްވާ މީހުން އަޑު އުފުލަމުން ބަޔާންތަކުގައި ސޮއިކުރަމުން ދިއުމަކީ އާދަޔާ ހިލާފް ކަމެއް. މީ ދިވެހި ރައްޔިތުންގެ ހިތުގައ އިސްލާމް ދީނާ އޮތް ލޯބި ހާމަކޮށްދޭ އަލިގަދަ ހެއްކެއް“ އަލީ ރަމީޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
Heelaiytheri secular bilaa dhekolhah hurihaa party akah nisbaiy vaa meehun adu ufulamun bayaan thakuga soe kuramun dhiumakee aadhayaa khilaafu kameh. Mee Dhivehi Rayyithunge hithuga islam dheenah oiy loabi haamakohdhey aligadha hekkeh.
Masha Allah.
— Ali Rameez (@aliramyz) June 19, 2021
އަލީ ރަމީޒު އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސަލަފު ޖަމިއްޔާގެ އިސް ހަރަކާތްތެރިއެކެވެ.
މި ބިލާ ދެކޮޅަށް ރާއްޖޭގެ 100 އަށްވުރެ ގިނަ އިލްމުވެރިން ދެކޮޅު ހަދައިފައި ވާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށުގެ ކައުސިލުންވެސް ވަނީ ބިލާ ދެކޮޅަށް ބަޔާންތައް ނެރެފައެވެ. އަދި އާންމުންގެ ތެރެއިންވެސް ގިނައަދަދެއްގެ ބަޔަކު ދަނީ މި ބިލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ނަމަވެސް އެފަރާތަކަށް ނިސްބަތްކޮށް އާންމުގޮތެއްގައި ލާދީނީ ކަމަށް ތުހުމަތުކޮށް ބަސް ރައްދުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުންއަންނަނީ މި ބިލު ފާސްކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ގާނޫނުލްއުގޫބާތު އިސްލާހުކުރަން މި ބިލުގައި ހުށަހަޅަފައިވާ ކަންތައް:
އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.
އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.
އަދި މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން މި ބިލުގައި ހުށަހަޅާފަ ވެއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. މި ފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެނެއެވެ.
3 Responses
ގައުމުގެ ފިތުނަޔާއި މެގަރ ކަރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު އެއްގޮތަކީ ރައްޔަތުމީހާއަށް އުގެނައިދިނުން. މި ޕާޓީ ސިސްޓަމު ހަދިގެން ރައްޔަތުން އަތުލާ ޓެކްސް ބޮޑުކޮށްގެން ޑީލް ހަދައިގެން ދީނައްޓަކާއި ގައުމައްޓަކައި ރައްޔަތުންނަށްޓަކައޭ ގޮވާ ގޮވެލިފަތި ގޮވައިގެން ދަގާއި މަކަރާ ޙީލަތުން އެއްބަޔަކަށް ފަހު އަނެއްބަޔަކު ވައްކަން ކުރަން މި ބޭނުން ކުރާ ސިސްޓަމް އުވާލަން މަސައްކަތްކުރުން: އެނޫން ގޮތެއް ދެނެއް ނެތެވެ. އެހެނީ ޕާޓީ ސިސްޓަމުގެ ދަށުން ވެރިކަމުގައި ގިނައިން ތިބީ ޖާހިލު ނުލަފާ ޢަމަލުތަކަށް ބާރުއަޅާ ކޮންމެފަދަ ޖަރީމާއެްވެސް ދައުލަތުްގެ ނަމަުގައި ހިންގަފާނެ ނުލަފާ ފަހުލަވާނުންނެވެ. އަދި ގިނައީ ހަރުކަށި ނުބައި ނުލަފާ ވެރިންވެސް މެއެވެ.
ވީމާ ހިނގާބަލ މިކަން ރައްޔަތުމީހާ އަށް ބުނެދީ ގިނަބަޔަކުވެގެން ޕާޓީ ސިސްޓަމު އުވާލުމަށް ޕެޓީޝަނެއް ހަދަން! 60% މީހުން ސޮއި ހޯދިއްޖެނަމަ ސްޕްރީމް ކޯޓަށް ގާނޫނުގެ އެމާއްދާ އުވާލަން ރައްޔަތުންގެ ފަރާތުން ހުށަހަޅާނީއެވެ. އެނޫންގޮތެއް ދެނެއް ނެތެވެ. އޭރުން ގޮޅާބޯ ގޮވުމާއި. ބޮޑިބަތް ޖަމީލު ގޮވުމާއި ކަޅު ކާޅޭ ގޮވުމާއި ރާގޮނޑި ރާޖާ ގޮވުމައި ލާދީނީ އޭ ގޮވުމާއި މިހުރިހާކަމެއް ކޮންޓުރޯލް ކޮށްލެވޭނެއެވެ. އަޅެ ވިސްނާލަމާތޯއެވެ؟
ޝެއިޚު ޢަލީ ރަމީޒް އާއި ސަލަފުންވެސް ހިތްބަރު ނުކުރެއްވުން އެދެމެވެ. މިގައުމުގެ ލާދީނީ ކަންތަކާއި ގައުމު ދީނީގޮތުން ހަމަ މަގަަށް ނޭޅުވުމުގެ ޒިންމާ ތިބޭފުޅުން ނާއި ދެން ދީނީ ޕާޓީ ހަދައިގެން ދީނުގެ ނަމުގައި ގޭމް ޖައްސާ ގުރޫޕާއި އެހެން ޢިލްމްވެރިންވެސް ނަންވަންޖެހެއެވެ. އެހެނީ ތިމާ މެން ގައުމުގައި ހަމަ އުޅެނިކޮށް ލާދީނީ ކުދިންކޮޅު ތިބައިމީހުންގެ ވެރިންނަށްވެ ތިބޭފުޅުން ބޮލަށް ރުނީނޫންތޯއެވެ. ވީމާ އަދިވެސް ވިސްނާލައްވާފަ ތި ބޭފުޅުން ޢިލްމުވެރިންގެ ގޮތުގައި ގައުމީ އެޖެންޑާ އެއް އޮވެގެން ފޭކް ނުޖައްސާ އެކަކަށްވުރެ އަނެކާ މޮޅުކަން ތަގުވާވެރިކަން ދައްކަން ނޫޅެ އެއްބައިވަންތަ އެއްބައެއްވަންތަ އަޚުންތަކެއްކަމަށް ރައްޔަތުންނަށް ދައްކަވާށެވެ. އެދުވުހުން ލާދީނީ ކުދިވެރިން ބޮނދާފާނެއެވެ. އެނޫނީ ދެން އެކުދިންނަށް ސަނާކިޔައިގެން ޖިޒިއަދީގެން ތިބާމެންގެ ގެގައި ތިބާ އުޅެން ދަސްކުރައްވާށެވެ. ވަރަށް ސަލާމް!
ކަލާކޮއްޓަކާ މިގައުމުން ޕާރޓީ ނިޒާމް އުވާލެވޭނެ މަގެއް ހޯދަން ވިސްނަވާބައްލަވާށެވެ. އެކަމަކާހުރެ ދަންނަބޭކަލުންނަށްވެސް މިހާރު މަގުއޮޅޭ ހިސާބަށް ދަނީއެވެ. އެހެންނާފަހެ، އެއްގުރުއާނުން އިލްމު ލިބިވަޑައިގެން ތިއްބެވި އިލްމުވެރިންވެސް އެއްކަމެއްގައި މުޅިން އިދިކޮޅު ވިސްނުންވެސް ބައެއްފަހަރު އެބަ ހާމަކުރައްވައެވެ. ބިން ހައިދަރާއި މޫސާ މުޙަންމަދުއެ ހާމަކުރެއްވީ މިއަދުގެ ޙާލަތެވެ.