ޣައްޒާގެ އެއް މިލިއަން ކުޑަ ކުދީންނަށް ސިކުނޑީގެ ދުޅަހެޔޮކަމަށް ފަރުވާ ހޯދަން ވަނީ ޖެހިފައި

Loading

Facebook
Twitter
WhatsApp

ޔުނިސެފް އަދި ޔޫއާރުޑަބްލިޔުއޭ ވަނީ ސްޓްރެސް އާއި ޓްރޯމާގެ ނިޝާންތައް ހުރި ކުދީންނާއި އެކުދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މުހިއްމުކަން ދުނިޔެއަށް ހާމަކޮށްދީފައެވެ.

ޓްރޯމާގެ ސަބަބުން ޣާޒާގެ ކުޑަކުދީންގެ ކެއުމާއި ނިދުމުގައި ދަތިކަން ހުންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.

ޣައްޒާގައި ދިރިއުޅޭ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 18 އަހަރުން ދަށުގެ ކުޑަކުދީންނެވެ. ލަފާކުރެވޭ ގޮތުގައި ޣައްޒާގެ އެއްމިލިއަން ކުދީންނަށް މެންޓަލް ހެލްތު ކެއަރ ގެ އިތުރުން ސިއްހީ ޚިދުމަތާ ތައުލީމު އުނގެނުމުގެ ފުރުސަތުތަކާއި ތައްރައްގީގެ ފުރުސަތުތަކަށް ބޭނުންވެއެވެ. ޣައްޒާގެ ގިނަ ރައްޔިތުން، ހަނގުރާމަޔާއި ތަފާތު ކުރިމަތިލުންތަކުގެ ސަބަބުން ޓްރޯމާ އަށް ވަނީ ހުށައެޅިފައެވެ. މިކަމަށް ފަރުވާ ހޯދަމުން ދިޔަ އެގާރަ ކުއްޖަކު އެންމެ ފަހުގެ ކުރިމަތިލުން ތަކުގައި ވަނީ މަރުވެފައެވެ. އިޒުރޭލުން އެންމެ ފަހުން ޣައްޒާއަށް ދިން ހަމާލާތަކުގައި މަރުވި 250 މީހުންގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް