އަރަބިއްޔާ ސްކޫލު އިމާރާތް ކުރިއަށް އޮތް ފަސް އަހަރުފަހުން ބޭނުނުން ނުކުރެވޭނެކަމަށް އިންސްޕެކްޝަން ރިޕޯޓުން ބުނެފި އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގެެ ތަނބުތަކުގައި ރެދުލައި ބައިބައިވެ ވެއްޓެމުންދާކަމުގެ ބޮޑެތި ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުން ދިއުމާގުޅިގެން އެޑިއުކޭޝަނުން ބަޔަކާ ހަވާލުކޮށްގެން އެ ސުކޫލްގެ އިންސްޕެކްޝަނެއް ކުރުވިއެވެ.
މި އިސްޕެކްޝަނަށްފަހު އެކުލަވާލި އިިންސްޕެކްޝަން ރިޕޯޓްގައި ބުނެފައިވަނީ ކުރިއަށް އޮތް 3-5 އަހަރުތެރޭ މި ސުކޫލް އިމާރާތް ބޭނުންކުރުން ރައްކާތެރި ނުވާނެކަމަށެވެ.
ރިޕޯޓްގައ ބުނާގޮތުން މި ސުކޫލް އިމާރާތް މިހާރު ހުރި ހާލަތަށް ބަލާއިރު ކޮންމެ ހަ މަހަކުން ރޫޓިން މެއިންޓެނެންސް ކުރަން ޖެހޭނެއެވެ. މި ސްކޫލުގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު މަރާމާތުގެ އަގު ބޮޑުވާނެ ކަމަށު ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ސުކޫލުގެ އިންސްޕެކްޝަނެއް ހަދަން އެޑިއުކޭޝަނުން ނިންމި އިރު މިނިސްޓްރީ އިން ވަނީ އެތަނުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ބަޔަކާ ހަވާލު ކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކާއި ފާރުތަލުގައި ރެނދުލައި ބައެއް ސަރަހައްދުތަކުގައި ޖަހާފައިވާ މުށިތައްވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
އެ ސްކޫލުގެ ކްލާސްރޫމުތަކާއި ކޮރިޑޯތައް އަދި ސްޓާފްރޫމާއި ކްލާސްރޫމުތަކުގައިވެސް ބޮޑެތި މަރަމާތުތައް ކުރަން ޖެހިފައި އެބަހުރިކަން އިންސްޕެކްޝަނުން ފާހަގަވެފައި ވެއެވެ.
އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިން ހުރި އިމާރާތުގަ އެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައި ހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.
މިހާރު އެ ސްކޫލު ހިންގާ އިމާރާތް އެއްކޮށްް އެއްކޮށް ނިންމައި އެ ތަނަށް ބަދަލުވީ 2013 އަހަރުގެ ޖެނުއަރީގައެވެ.