އަލަށް ދަޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ތަކެތި ދޫކުރަންފަށައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި އަލަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ”ސްޓާޓް އަޕް“ ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ތަކެތި ދޫކުރަން ފަށައިފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ބުނީ މި ޕެކޭޖް ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށް ކަމަށެވެ.

ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ރާއްޖޭގެ 44 ރަށެއްގައި ކުރިއަށްގެންދެއެވެ.

އެގްރޯނެޓުން ބުނީ މި 44 ރަށުގެ  ދަނޑުވެރިން ތެރެއިން މިހާތަނަށް %50 އަށްވުރެ ގިނަ ރަށްރަށުން މި ޕެކޭޖް ބޭނުންވެގެން ހުށައަޅާފައިވާކަމަށެވެ.
އެ ކުންފުނިން ބުނީ މި ޕެކޭޖަށް އެދިފައިވާ ދަނޑުވެރިންނަށް ތަކެތި ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާ  ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދަތުރު ފަތުރުގެ ނިޒާމުގައި ހުރި ދަތިތަކާއި އަދި ބައެއް ރަށްރަށް ކަރަންޓީންގައި އޮތުމުގެ ސަބަބުން ރަށްތަކަށް ތަކެތި ފޮނުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ.

އެހެންނަމަވެސް އަންނަ މަސް ނިމެންވާއިރަށް ޕެކޭޖް ނަގާފައިވާ ހުރިހާ ދަނޑުވެރިންނަށް އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެގްރޯނެޓްން ބުނެއެވެ.

އެގްރޯނެޓްގެ ”ސްޓާޓް އަޕް“ ޕެކޭޖްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ.

އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ހިފާ ގެންގުޅޭ ތަކެތި މި ޕެކޭޖްގެ ދަށުން ފޯރުކޮށްދޭނެއެވެ.
އެގްރޯނެޓްން ބުނީ މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންކަމަށާ، ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މި ޕެކޭޖުގެ ދަށުން އެކުންފުންނިން ތަކެތި ދޫކުރުމަށް ހަމަޖައްސާފައިވަނީ މާކެޓުގައި އެތަކެތި ގަންނަން ލިބޭ އަގުގެ %20 ދަށްކޮށްކަމަށް ރާއްޖޭގެ ދަޑުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ އެގްރޯނޭޝަނަލް ކޯޕަރޭޝަނުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް