ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޓެގް ޓީމުން ބުނެފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19ގެ ​ހާލަތު ރަނގަޅު ނުވާނަމަ މާލެ ސަރަޙައްދު ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޓެގް ޓީމުން ވިދާޅުވެއްޖެއެވެ.

​މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މި ބައްޔަށް ފައްސިވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ހަފްތާއެއްގެ ތެރޭގައި 3،000 މީހުން ޕޮޒިޓިވްވަމުންދާއިރު މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުންނަ ކަމަށެވެ. އަދި ކުރީ ހަފްތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައި ކަމަށް ވިދާޅުވިއެވެ.

ކޮވިޑް19ގެ ހާލަތު ރަނގަޅުކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ޝަހީދު ވިދާޅުވިއެވެ. ޝަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭފަދަ ހާލަތެއްގައި ކަމަށެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 590 މީހުން ވަނީ ފައްސިވެފައެވެ. މިއީ ކުރިން ދުވަހުގެ އަދަދުތަކާ އަޅާބަލާއިރު ތަންކޮޅެއް ދަށް އަދަދެކެވެ.

Loading

2 Responses

Leave a Reply to Laas Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް