ކޮވިޑް19 ހަލުވިކަމާއެކު ފެތުރެނީ!

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ‏ ކޮވިޑް19 ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ. އިއްޔެ ރާއްޖެ އިން ކޮވިޑް 19 އަށް 734 މީހަކު ފައްސިވެއްޖެއެވެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 186 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 7 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްތަކުން މީހަކުވަނީ ފައްސިވެފައެވެ. އަނެއް 540 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 32،665 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 7،109 އެކްޓިވް ކޭސް ހިމެނޭއިރު 198 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެ އިން 75 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 25،473 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް