މިނިސްޓަރ އޮފް ފިޝަރީޒު އެންޑް އެގްރިކަލްޗަރގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު ހޯމަދުވަހުގެ ރޭ ދަންވަރު މަގާމުން ވަކިކުރައްވައި ”އަށިމައްޗަށް“ ލައްވައިފިއެވެ.
ދެން ޒަހާ ހުންނަވާނީ ރައީސް އޮފީހުގެ މިނިސްޓަރގެ ނަމުގައި ރައީސް އޮފީހުގެ ކުޑަ ގޮޅިއެއްގައެވެ. ކެބިނެޓް މިނިސްޓަރެއްގެ މަގާމުން އިންސާނަކު ވަކިކޮށް ރައީސް އޮފީހުގެ ކުޑަ ގޮޅިއަކަށް ލުން ވެގެންދާނީ، ނަފުސާނީ ގޮތުން ލިބޭ ވަރަށް ބޮޑު ވޭނަކަށެވެ.
ޒަހާ މިނިސްޓަރކަމުން ވަކިކުރެއްވީ ކީއްވެގެން ބާވައެވެ!
އަސްލު ސަބަބު އެނގޭނީ ރައީސް އެކަން ހާމަކުރެއްވުމުންނެވެ. ނޫނީ ފޯނު ކޯލަކުން ދަންވަރު ތިހިރީ މަގާމުން ވަކިކޮށްފައޭ ބުނެ އެންގި ގޮތަށް ސަބަބުވެސް ބަޔާންކޮށް އެހެން މީހަކު މެދުވެރިކޮށް ނަމަވެސް އެންގެވުމުންނެވެ.
ޒަހާ މަގާމުން ވަކިކުރެއްވީ ސަރުކާރު ހިންގުމަށް ރައީސް ބޭނުންފުޅުވާ ބަދަލުތައް ގެނައުމުގެ ބޭނުމުގައޭ ވިދާޅުވެވިދާނެއެވެ. އަދި މަސަކަތް ނުކުރެއްވޭތީއޭ، ބުނެ ޒަހާއާ މެދު އެމްޑީޕީ މީހުންގެ ޝަކުވާ ބޮޑުވެ ނުކުޅަދާނަ ވެގެންކަމަށް ވެސް ވެދާނެއެވެ. ހަމައެޔާއެކު މައުމޫނުގެ ހައްގުގައި ދެއްވި މަގާމު މައުމޫނުގެ ބޭނުން ކެނޑުމުން ދަމައިގަތީ ކަމަށް ވެސް ވެދާނެއެވެ.
ފިޝަރީޒަށް ދެން އަންނާނީ ކޮން ބޭފުޅެއްބާވައެވެ!
ޑރ. ޙުސޭން ވަޑައިގަތަސް ޢާދިލު ސަލީމް ވަޑައިގަތަސް، އެމްޑީޕީގެ އެކްޓިވިސްޓަކު ވަޑައިގަތަސް ފިޝަރީޒު މިނިސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވައުދުތައް ހުރީ ފުނިފުންޏަށެވެ. ބަރިބަރިއަށެވެ.
މިނިސްޓަރަކަށް ކީއްކުރަން މުޅި ސަރުކާރަށް ވެސް ކުރަން ނުކުޅެދޭވަރުގެ ވައުދުތައް މަސްވެރިކަމާއި ދަނޑުވެރިކަމު ދާއިރާއިން ކޮށްފައި އެބަހުއްޓެވެ. އެ ވައުދުތައް ޖާދޫ ހަދައިގެން ވެސް ފުއްދަން ދަތިވާނެއެވެ. ޖާދޫގަރަކު ނެތް ރާއްޖެއެއްގައި އެ ވައުދުތައް ފުއްދާނީ ވެސް ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި އުޅެނީ ވައުދުވާން އެނގޭ މީހުންނެވެ. ވައުދު ފުއްދަން އެނގޭ މީހަކު ނެތެވެ. އަދި ވެރިކަމަށް އަންނަން މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން ވީ ވައުދުތައް އެނގޭ ބަޔަކު ތިބިހެނެއްވެސް ހިޔެއްނުވެއެވެ.
މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު އަދާކުރުމަށް އެޅުނު ފިޔަވަޅެއް ނެތެވެ. ބޭރުގެ މާރުކެޓަށް ދިވެހި މަސްދޯނިފަހަރު ވަންނަން އެޅުނު ފިޔަވަޅެއް ނެތެވެ. ރަށްރަށުގަޔާއި އަމިއްލަ ގޭތެރޭގައި ވެސް ކުދި މަސް ޕްލާންޓްތައް ހަދައި ހިންގޭނެފަދަ ނިޒާމެއް ގާއިމެއް ނުކުރެވުނެވެ.
ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މާހައުލާ ގުޅޭ ގޮތަށް މޫދު ގޮވާމާއި ކުޅީގައި ގޮވާންކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައި އެ ބުނާ ގޮވާން ކުރެވޭނެ ދުވަހެއް ނޭނގެއެވެ. އެމްޑީޕީ ކޯލިޝަން ސަރުކާރަށް ކުރެވުނުހާވެސް ކަމަކީ، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު، ދިވެހި މަސްވެރިންނަށް ހޯދައިދޭން ކުރި ވައުދާ ޚިލާފުވެ މަސް ގަންނަ އަގު ކުޑަކުރުމެވެ. މަސްވެރިން ބޮޑު ޚަރަދުކޮށްގެން، ލޯބޯ ފިއްސައިގެން ބާނާ މަސް ގަންނަ މިންވަރު މަދުކޮށް މަސްވެރިން ބާނާ މަސް ނުގަނެ ބާކީ ކުރުމެވެ.
ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޒަހާ މަގާމުން ވަކިކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެ މަގާމު ދެއްވާނީ ކޮން ބޭފުޅަކަށް ކަމެއް އަދި ނޭނގެއެވެ. އެމްއާރްއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޢާޠިފާ ޝުކޫރު މަގާމުން އިސްތިއުފާ ދެއްވުމުން ވެސް ބަދަލުގައި އެމްއާރުއެމްއަށް މަގާމެއް ނުލިބި ޕާޓީވީ ނިކަމެއްޗެވެ.
ޒަހާ ކެބިނެޓުން ވަކިކުރެއްވީ، ސަރުކާރުގެ ހިންގުންތެރިކަން ދޯހަޅިވެ ރައްޔިތުންގެ ފާޑުކިއުންތައް އަމާޒު ވުމުގެ އިތުރަށް ކޯލިޝަން ސަރުކާރުގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ މިނިސްޓަރުންނަށާއި ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުންނަށް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދުވަސްވަރެއްގައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެމަނިކުފާނުގެ ކެބިނެޓަށް އެހެން ބައެއް ބަދަލުތައް ގެންނަވައި، ސަރުކާރުގެ ލަސްދުވެލި އަވަސް ކުރެއްވުމަށް ގެންދަވަނީ ތައްޔާރުގެވަޑައިގަންނަވަމުންނެވެ. އެކަމަކު ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ހެދި ކޯލިޝަންގެ އެއްބަސްވުންތަކާ އިރުއިރު ކޮޅުން ޚިލާފުވުމަކީ ކޯލިޝަން ފުނޑިގެން ދިއުމަށް ފަހިވާ މަގަކަށް ވެގެންދާނެ އެވެ.
3 Responses
Coalition hurihaa vazeerun raees ofeehugai kudagolheega baithihbaafa mdp gundaain laigen annane badhaleh noannaane
Anhenun baaruveri kuruvan . Ahtah thi Lee. Health ge 2 Anhen muvahzafun ves ahtah. Agenda 19 varah thafaathu. Vaaney. Den baakee thibi anhen ministarun nah neygevkihineh kameh hadaanee. Ahtah kameh thahtah kameh.
ކޯލިޝަނެކޭ ސޯލިޙު ރައީސް ވިދާޅުވަނީ. ހަމަ އެކަނި ވިދާޅުވާ ވިދާޅުވުމެއް. ފުރަތަމަވެސް ވަނީ އެ ވަޢުދަ ޚިލާފުވެފައި. ދޭނަމޭ ބުނި 10% 15% އެއްވެސް ނުދޭ. އެބުނާ ކޯލިޝަންގައި ބައިވެރިވި 3 ކުދުކުދި ޕާޓީގެ ކޮންމެވެސް ވަރަކަށް ބޮޑުންނަށް ބޮޑެތި މަގަމުތަކެއް ދިނީ. ދެން އަޅައެއް ނުލި. އެކަމާހުރެ އެޕާޓީތަކުގެ ގްރާސްރޫޓަށްވެސް ވަޒީފާއެއް ނުލިބުނު. ދެން އެބުނާ ކޯލިޝަނެއް އޮތީ. އެ ބޮޑުން ތައް ނުރުހިވެސް ތިބީ. އެ ބޮޑުންގެ ވަޒާފާގެ ބިރަށް ނުވަތަ މޫނައް ލަދައް. އެ ކަން އޮތީ އަބަދުވެސް އެމްޑީޕީ އިން ހަދާގޮތަށް . ހެދުނު ދޮގަކާއި މަކަރެއް ހަދައިގެންވެސް ބައިވެރި ކުރުވައި ވެރިކަން އަތުލުން. އޭގެފަހުން އެވެރިން ބާކީ ކޮށްލުން. މިއީ 2008 ގައިވެސް ހެދިގޮތް. ދެން ވެރިކަން އަތަށް ގޮވީ. ބަލަން ތިބެމާ؟؟