އިޒްރޭލުން މަސްޖިދުލް އަގުސާއަށް އަނެއްކާވެސް ހަމަލާއެއް ދީފި

Loading

Facebook
Twitter
WhatsApp
A pictured shows the southern Israeli Red Sea resort city of Eilat and Jordan's Red Sea resort city of Aqaba in the background, on April 17, 2020 amid the coronavirus COVID-19 pandemic. - Due to the novel coronavirus pandemic some 80 percent of Eilat residents lost their jobs as the city depends mostly on tourism activity which was shut down completely. (Photo by MENAHEM KAHANA / AFP)

ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުން މަސްޖިދުލް އަގުސާގައި އަޅުކަންކޮށް ރޯދަވީއްލުމަށް އެއްވެފައި ވަނިކޮށް ނިކަމެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނެއްކާވެސް އިޒްރޭލުގެ ސިފައިން ވަނީ ހަމަލާއެއް އަމާޒުކޮށްފައެވެ. މުސްލިމުން ރޯދަވީއްލުމަށް އެއްވެފައި ވަނިކޮށް އިޒްރޭލުގެ ސިފައިން ވަނީ މިސްކިތުގައި ހުރި ލައުޑްސްޕީކަރުތަކުން ކަރަންޓު ކަނޑާލައި ރޯދަ ވީއްލުމަށް ގެނަސްފައިހުރި ކާތަކެތި އަތުލާފައެވެ. އަދި ނަމާދު ވަގުތު ބަންގި ގޮވުމަށް ވެސް އިޒްރޭލު ސިފައިން ވަނީ ހުރަސްއަޅާފައެވެ. މީގެ އިތުރުން އިޒްރޭލު ސިފައިން ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްވަރު މިސްކިތަށް އިތުރު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މަސްޖިދުލް އަގުސާގެ އިމާމް އަދި ޖެރޫސަލަމްގެ މުފްތީ، ޝެއިޚް މުޙަންމަދު ޙެސެން ވަނީ އިޒްރޭލު ސިފައިންގެ މި އަމަލުތައް ކުށްވެރިކުރައްވާފައެވެ. މުޙަންމަދު ޙުސެން ވަނީ މިކަމާ ދެކޮޅަށް ހުރިހާ މުސްލިމުން އަޑު އުފުލަން ޖެހޭނެ ކަމުގައި ވިދާޅުވެފައެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް އިޒްރޭލު ސިފައިން ދަނީ ފަލަސްތީނު ރައްޔިތުންނަށް ގިނަ ގުނަ އުނދަގުލާއި ދުއްތުރާތައް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް