ކޮވިޑް ވެކްސިނާއި މެދު ޑރ. ނެވާސްގެ ކަންބޮޑުވުން ތަަކެއް!

Loading

Facebook
Twitter
WhatsApp

ޒަމްބިއާގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ (އެމްެްެއެމްޑީ) ގެ ރައީސް ޑރ ނެވާސް މުމްބާ ވިދާޅުވީ ޒަމްބިއާގެ އެެއްވެސް ރައްޔިތަކު އެއްވެސް ކަހަލަ ވެކްސިން އެއް އޭގެ ސައްހަ ކަމާއި އިތުބާރު ހުރި ވަރެއްގެ މައްޗަށް ބަލާފައި ނޫނީ ނުޖެހުމަށެވެ. ޢެ ވެކްސިން އަކީ ރައްކާތެރި އެއްޗެއް ކަމަށް ސާބިތު ނުވާހާ ހިނދަކު ނުޖެހުމަށްވެސް ނެވާސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ނެވާސް ވިދާޅުވީ ވެކްސިން އަކީ ރައްކާތެރި އެެއްޗެއް ކަމަށް ރަޝިއާ ނުވަތަ ޔޫރަޕް އިން ބުނި ކަމުގައި ވިޔަސް ގަބޫލް ނުކުރަށްވާނެ ކަމުގައެވެ. ޥެކްސިން އަކީ އިންސާނުން އަށް ރަށްކާތެރި އެއްޗެއްތޯ ޓެސްޓު ކުރަށްވަން ވާނީ އަމިއްލަ ޤައުމުގެ ޑަކްޓަރުންނާއި ސައިންޓިސްޓުން ކަމުގައި ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ލިބޭހާ ކޮންމެ އެއްޗެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމާއި އެ އެެއްޗެއް އިންސާނުންގެ ގަޔަށް ޖެހުމަކީ ބުއްދިވެރިންގެ ގޮތް ނޫންކަމަށް ބުނެ ނެވާސް އިތުރަށް ވިދާޅުވީ ޒަމްބިއާގައި އިތުބާރު ހިފޭ ސައިންޓިސްޓުންނާއި ޑަކްޓަރުން އެފަދަ ވެކްސިންތައް ބަލައި ދިރާސާކޮށް އެންމެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ދޭންވާނެ ކަމަށެވެ.

 

ޒަމްބިޔާގައި މިހާރު ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑު ތަނުން އަދަދުތައް ދަށްވެފައެވެ. މިއަދު ޒަމްބިއާ އިން ފެނިފައިވަނީ 62 ވޭދަނާއެވެ.

 

Loading

2 Responses

  1. އާހ، އެބުނާހެން ބައެއް ކޮވިޑް ވެކްސިންގައި ނޮޓްފޯ ޑިސްޓްރިބިއުޝަން އިން ޔޫއެސް، ކެނެޑާ، ނުވަތަ އީޔޫ. ދެންފަހެ ހަމަ އެތަކެތި ހަންކަޅުމީހުންގަޔަށް އެބުނާހެން ހަމަ ތަޅާބާލަންވީ. ދެކޮޅުނުޖެހެދޯ؟

  2. ކިތަންމެ މޮޅު ސިޔާސީ މުޙަންނިކަކަސް ނޫނީ ތަޢުލީމީ ގޮތުން ކިތަންމެމޮޅު މީހަކަސް ނޮޓް ފޯރ ޑިސްޓްރިބިޔުޝަން ގެ މަގްސަދު އެނގިގެންނޫނީ އަނގަތެޅުމުން ހައްތާވެސް އޮޅުން އަރާނީއެވެ. މިއަދު މިއުޅެނީ ބޭނުންވާ ވަރަށްވެސް ވެކްސިން ނު އުފެއްދިގެންނެވެ. މިހާލަތުގައި އެއްވެސް ކޮންޓްރޯލެއްލެއްނެތި ވެކްސިން ތަޅާބުރުއްސާލާނެ ފުރުސަތު ލިބިއްޖެނަމަ ވާނެގޮތް ވިސްނާލާށެވެ. ކޮޕީގެ މައްޗަށް ކޮޕީ އުފެދިގެންދާނެއެވެ..

Leave a Reply to އަސްލަމް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް