މަސް މާރުކޭޓައި ސައި ހޮޓަލުތަކުގައި އެންމެގިނައިން މިހާރު އިވޭ އަޑަކީ މިއުޅެނީ ކޮން ބެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގިގެންހެއްޔެވެ. އަބަދު އެބައިމީހުން ތިމާމެންގެ ބޮލުގައި ޒިންމާތައް އަޅުވައި ވާހަކަދައްކަނީއެވެ. ޒިންމާނަގާނެ ތިމާމެންގެ ވެރިއެއްނެތެވެ. ހަމަ ބަރާބަރު ސުވާލެކެވެ. އެހެނީ މީޑިއާ ބަލާ އަޑުއަހާއިރު އިވެނީ ވެންޓީލޭޓަރު ތަކުގެ ބޮޑު ވައްކަމުގެ ވާހަކައެވެ. އެވާހަކަ ދައްކަނީ އެމްޑީޕީގެ ރައީސް އެވެ. ވައްކަން ނުބެލި ނުވަތަ ނުބަލަން ގަދަފައިވިއްދައިގެން އުޅެނީ ކާކުހެއްޔެވެ. ގައުމުގެ ރައިސް އަކީ އެމްޑީޕީގެ ކެންޑިޑޭޓް ސޯލިޙު ރައީސްއެވެ. ”އުންސުރު“ ހަމަނުވެގެންވެސް އުޅެނީވެސް ހަމަ މިމީހުންގެ ޕީޖީ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން ޙަސަންލަތީފު ވިދާޅުވަނީ ”ބައެއްބޭފުޅުންނަށް ކުޑަކޮށްވެސް އައިބުކަމެއް ނެތް ކޮންބައެއްކަންވެސް ނޭގޭ ބަޔަކަށް ދައުލަތުން 31 މިލިޔަން ރުފިޔާދިނުން އަދި އެބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުނު. އެބޭފުޅުންނަށް އައިބުކަމެއްކަމަށް ވަނީ މިވާހަކަ ދައްކައިގެން އެފައިސާ އަނބުރާ ދައުލަތަށް ހޯދަން އުޅޭއުޅުން“ ހަސަން ޓުވިޓްގައި ބުނެފައިވެއެވެ.
އާންމު ރައްޔަތުން ބޮޑު ޚިޔާނާތުގައި ބައިވެރިވާ މީހުން ހިފާހައްޔަރުކުރަން ގޮވާއަޑެއް މިއަދާހަމައަށް ޙަސަނަކަށްވެސް އަޑުއިވިފައި ނެތްކަހަލައެވެ. އާދެ! ކައުންސިލް އިލެކްޝަން ބޯމަތިވެ ދޮރުންދޮރަށް ޖައްސާއިރު އަހަރެމެންނަކާ ސަރުކާރަކައި ގުޅުމެއްނެތޭ ބުނާކަހަލައެވެ. ރައްޔަރުންނަކީ ހަމަ ގަމާރުތަކެކޭ ވިދާޅެއްނުވެއެވެ. ދައްކާވާހަކައިން ބުނަންއުޅޭ އެއްޗެއް ރައްޔަތުމީހާއަށް ފަހުމް ވެއްޖެއެވެ. މިއުޅެނީ ކޮންބައެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގިގެން ހެއްޔެވެ. ހަސަނަށް އޮޅިފައިވާކަން ޔަގީންވެއްޖެއެވެ.
މިއަދު މިވަނީ ރައްޔަތުންގެ މަޖިލިސްއިން ސަރުކާރު ހިންގުމަށްވެސް ވެރިވެފައެވެ. ދިވެހި ދިމާކުރާތީ ސަރުކާރެއް އުފަންވީފަހުން މިވަރަށް ސަރުކާރެއްގެ ބާރުކަނޑުވާލެވި މުއައްސަސާ ތަކުގެ ބާރުކަނޑުވާލެވިފައެއް ނެތެވެ. ސަރުކާރުގެ އެއްވެސް އާރެއްބާރެއް ނެތްކަހަލައެވެ. އަދި ޒިންމާއެއްވެސެް ނުމެނެތެވެ. އެންމެކުޑަމިނުން ސަރުކާރުގެ ކުންފުންޏެއްގެ މައްސަލައެއްވިޔަސް ސަރުކާރުމެދުވެރިކޮށް ނުވަތަ އެކަމަށް ބެލެނިވެރިވާ ފަރާތްތަށް ޒިންމާކުރުވުމުގެ ބަދަލުގައި ސީދާ މިޖިލިސްއިން އެބައެއް ޙާޒިރުކޮށް ޑްރިލްކޮށް ހަދަންވީގޮތް ޢިއުލާނު ކުރެއެވެ. ސޯލިޙު ރައީސްމީހާއަކަށް ވާނުވާއެއް ނޭގޭކަމަށް ރައީސްގެ ސްޕޯކްސްމަން ބުނާކަހަލައެވެ. ހަމަ ތެދެއްބާއޭ ހިތައްއަރައެވެ.
ސަރުކާރެއްގެ ބޭނުމެއްމިހާރަކު ދެންނެތެވެ. ސޯލިޙު ރައިސް ގެ ސޯލީޙު ކަމާއިމެދު އެމަނިކުފާނުގެ އަމިއްލަ ޕާޓީ އެމްޑީޕީ ޢާންމު މެމްބަރުންގެ ހިތުގައި ޝައްކު އުފައްދަނީ ކީއްވެބާވައޭ ހިތައްއަރައެވެ. މިހެން މިދެންނެވީ ސޯލިޙު ރައީސްއަށް ޖިންސީގޯނާގެ ހީރޯ ޢަލީވަޙީދު ވީއައިޕީ ލޯންޖުން ފުރައި ފިލިކަންވެސް އެނގުނީ ހެދުނުގެ ޚަބަރުތަކުން ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވީތީއެވެ.
ޖުމްލަގޮތެއްގައި މިކުރެވިގެން އުޅޭސުވާލަށް އަނެއްކާވެސް ބަލާމަހެއްޔެވެ. ”މިއުޅެނީ ކޮންބައެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގިގެން ހެއްޔެވެ؟
– ރައީސުލް ޖުމްޙޫރިއްޔާ ސޯލިޙު ރައީސް. އެމްޑީޕީ
– މަޖިލިސްގެ ރައިސް މ. ނަޝީދު. އެމްޑީޕީ
– ފައިސާ ދޫކުރާ މިނިސްޓަރު – މިނިސްޓްރީ އޮފް ފައިނޭންސް. އެމްޑީޕީ
– އުންސުރު ހަމަނުގެން އުޅުއްވާ ޕީޖީ. – އެމްޑީޕީ
– އެންޓީ ކޮރަޕްޝަން އެޖެންސީ: އެމްޑީޕީގެ ސުޕަރ މެޖޯރެޓީން އިސްކޮށްފައިވާ.
– އެމްޑީޕީގެ ރައިސް މ. ނަޝީދު މިއަދާހަމަޔަށްވެސް ވިދާޅުވަނީ އެމްޑީޕީ ގެ ކަމަށް.
– މަޖިލީހުން ފިޔަވާ ނިންމާހުރިހާ ނިންމުމެއް ކެބިނެޓުން ނިންމަނީ.
– ކާކުގެ ކެބިނެޓެއް؟ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ސޯލިޙު ރައީސްގެ ކެބިނެޓް.
ހަސަންލަތީފު އެވިދާޅުވި ވާކަފުޅެއް ހަމަ ފަހުމްވާގޮތެއް ނުވިއެވެ. ކިރިޔާ ބުނާގޮތް ނޫންގޮތަކަށް ގަބޫލުނުކުރާ މިނިސްޓަރެއްވިއްޔާ މަލީޙު ޖަމާލަށް ހަދާލިހެން ހަދާލާނެކަން ޢަމަލުން އެމްޑީޕީގެ ސުޕަރ މެޖޯރެޓީ މަޖިލީހުންވަނީ އެންމެނަށް ދެންވާނެގޮތް ދައްކާލާފައެވެ. ވީއިރު ކާކަށް ކޮންބާރެއްނެތިގެން ވެންޓީލޭޓަރުގެ ބޮޑު ޚިޔާނާތާއި އެހެނިހެން މިސަރުކާރުގެ ވައްކަން ނުބެލެނީ އެއީ އެކުރާ ސުވާލެވެ.
މިއުޅެނީ ކޮންބައެއްގެ ސަރުކާރެއް ކޮންބަޔަކަށް ނުހިންގެން؟
2 Responses
ތިމަންމެނަށް މާބޮޑަށް ތިމާފެނުނީމަ ވާގޮއް މިފެންނަނީ
އަސްލުވެސް ވަރަށް ބޮޑު ތެދެއް. މަސްނުބޭނުނީމާ ކަނޑު ނުބައި ކުރާނީ. ސިދާތާ ބޭރުކޮށްލީމާ ކުޑަކކުދިންގެ އެންމެހާ ޙައްގެއް ޙިމާޔަތްކުރެވިއްޖެ ކަހަލަ. މަލީޙު ބޭރުކޮށްލީމާ އިންޓެނެޓް ސްޕީޑް ބާރުވެ އަގުވެސް ހެޔޮވެއްޖެކަހަލަ. ނަމަވެސް ކޮންނަތީޖާއެއްތޯ ލިބުނީ ސުވާލުކޮށްލަމާ! ޙަސަދައާއި ހެދި އުންސު ހަމަކުރާނެ ގޮތެއް ނުމެއް އެނގުނެވެ. ރުންކުރުކޮށްލައިގެ ބާރު ދައްކަން ކުރާ ކޮންމެކަމެއް އަތަށްގޮވާކަން 2012 ގައިވެސް ފެނިއްޖެއެވެ. ވަރަށް ދެރަވަރު.