ތެލުގެ އަގަށް ބަދަލުތަކެއް އަތުވެއްޖެ

Loading

Facebook
Twitter
WhatsApp

އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް އަންނާނޭ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މިބަދަލުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އައި ބަދަލުތަކެކެވެ. މިގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ކުރިޔާ އަޅާ ބަލާއިރު މިހާރު ދެގުނަ ބޮޑުވެފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިގޮތުން އެކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 9.79ރުފިޔާ އަށް ކަމަށާއި، ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.85ރ އަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ތެލުގެ އަގަށް މިއައި ބަދަލާއިއެކު ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް މަސްވެރިންގެ ޝަކުވާތައްވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެސްޓީއޯއިން މިގެނައި ބަދަލަކީ ދެމެހެއްޓެނިވި ގޮތެއްގައި މިވިޔަފާރި ކުރިޔަށް ގެންދިޔުމަށް ގެނައި ބަދަލެކެވެ.

Loading

One Response

Leave a Reply to Abdulla Mahir Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް