ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 157 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 157 މީހަކު ފައްސިވެއްޖެއެވެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 20 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ..އަދި ރިސޯޓްތަކުން 34 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 103 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 18,769 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,506 އެކްޓިވް ކޭސް ހިމެނޭއިރު، 162 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިއާއެކު ރާއްޖެ އިން މި ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 60 އަކަށް ވަނީ އަރާފައެވެ. އަދި މިހާތަނަށް 16,196މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް