ޝިދާތާ ކައިވެނި ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ކުރައްވައިފި އެވެ.

ޝިދާތާ ކައިވެނި ކުރެއްވީ މިދިޔަ މަހު ބޭއްވި އެންގޭޖް ވުމަށްފަހު މި މަހު ކައިވެނި ކުރަށްވާނެކަމަށް އިއުލާންކުރެއްވުމަށް ފަހުއެވެ.

ދެ މީހުން އެންގޭޖްވީ ތިން މަހެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކަމަށް ޝިދާތާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ޝިތާދާ އާއި ޒިޔާވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. ޝިދާތާ މީގެ ކުރިން ކައިވެންޏެއްކޮށް ތިން ދަރިން ލިބިފައިވަޑައިގެންފައިވެއެވެ.  ޒިޔާ މީގެކުރިން  ދެ ކައިވެނި ކޮށްފައިވީނަމަވެސް ދަރިއަކު ލިބިފައި ނުވެއެވެ.

ކުރީގެ ސަރުކާރު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޝިދާތާ އަކީ  މި ސަރުކާރުން ޖެންޑާމިނިސްޓަރުކަމަށް އެންމެ ފުރަތަމަ އައްޔަންކުރި ބޭފުޅާއެވެ.  ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ޝިދާތާ އަކީ މި ސަރުކާރުގައި އިސްތިއުފާދެއްވި ފުރަތަމަ ވަޒީރެވެ.

ޒިޔާއަކީ ގިނަ ފިލްތަކުންނާއި ޑްރާމާތަކުން އަދި ލަވަތަކުން ފެނިގެން ގޮސްފައިވާ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރުކަމެއް ހޯދައިފައިވާ މީހެކެވެ.

Loading

One Response

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް