ކޯވިޑް19: މިއަދު ފެނުނީ އިތުރު 99 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 99 މީހަކު މިއަދު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 5 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން ވަނީ 12 މީހަކު ފައްސިވެފައެވެ. އަނެއް 82 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 16,155 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,833 އެކްޓިވް ކޭސް ހިމެނޭއިރު، 186 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 52 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 14,263 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް