ވެކްސިން ޖަހަން ގައުމުގެ ވަރަށް ގިނަ ބަޔަކު ބޭނުމެއްނޫން!: ޕާކިސްތާނުގެ ދިރާސާ

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގައި ކޯވިޑް-19އަށް ވެކްސިން ދިނުމުގެ ތައްޔާރީތައް ވަމުންދާއިރު، ދިރާސާތަކުން ދައްކާގޮތުގައި އެ ގައުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވެކްސިން ޖަހާކަށް ބޭނުމެއް ނޫނެވެ.

ދުނިޔެއަށް މަޝްހޫރު އަދި އިތުބާރު ހުރި އިދާރާއަކުން ޕާކިސްތާނުގައި ހެދި ދިރާސާއަކުން ދައްކަނީ އެ ގައުމުގެ 49 ޕަސެންޓު މީހުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ބޭނުން ނުވާކަމެވެ.

ޕާކިސްތާނުގެ އެކުވެރި އަދި އަވަށްޓެރި ޗައިނާއިން ވަނީ ޕާކިސްތާނަށް މި ހަފުތާގައި ވެކްސިންގެ ފަސްލައްކަ ޑޯޒް ހަދިޔާކޮށްފައެވެ.

ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ ޗައިނާއާއި އިނގިރޭސިވިލާތާއި ރަޝިޔާގައި އުފައްދާފައިވާ ވެކްސިން އެގައުމުގެ ރައްޔިތުން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އަދި ދުނިޔޭގެ މަޝްހޫރު އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގަބޫލު ކުރާ ވެކްސިންތައް އަމިއްލަ ފަރާތްތަކުން ބޭނުން ކުރުމާމެދު ވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ.

ސާވޭގައި ސުއާލުކުރެވުނު މީހުންގެ ތެރެއިން 48 ޕަސެންޓު މީހުން ބުނެފައިވަނީ ވެކްސިން ޖެހުމަށް އެމީހުން ތިބީ ތައްޔާރަށްކަމަށެވެ.

ޕޯލިއޯ ވެކްސަން ދިނުމުގެ ޚިދުމަތުގައި އުޅޭ އަންހެނަކު ޖަރުމަނުގެ ނިއުސް އެޖެންސީ ޑީޕީއޭއާ ވާހަކަދައްކަމުން ބުނީ ކޮރޯނާ ވައިރަސްގެ ވެކްސިން އޭނާގެ އާއިލާއަށް ދޭކަށް އޭނާ ބޭނުންއްނޫންކަމަށެވެ.

”އެމީހުންނަށް ވެކްސިން ދޭންޖެހޭކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ..“ އޭނާ ބުންޏެވެ. ”ކޮރޯނާ ވައިރަސް ޖެހިގެން ބަޔަކަށް ނުބައި އަސަރުތަކެއް ކުރާތަނެއް އަހަންނަކަށް ނުފެނޭ.“

މިޔާން އާސިފަކީ ޕިޝާވަރުގައި ވިޔަފާރި ހިންގާ މީހެކެވެ. އޭނާ ހުރީ ވެކްސިން ޖަހާ ގޮތަކަށް ނޫނެވެ. ނަމަވެސް އޭނާ ހުންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންގެންކަމަށް އޭނާ ބުންޏެވެ.

ސަރުކާރުން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު ޕާކިސްތާނުން މިހާތަނަށް ކޮރޯނާ ވައިރަސް ޖެހުނީ ފަސްލައްކައަށް ވުރެ ގިނަ މީހުންނަށެވެ. މަރުވީ ގާތްގަނޑަކަށް 11 ހާހެއްހާ މީހުންނެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ޕާކިސްތާނުގައި ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭ މީހުންގެ އަދަދު މަދެވެ. އެހެންވެ ސަރުކާރުން ހާމަކުރާ އަދަދަށްވުރެ ވައިރަސް ޖެހުނު މީހުންގެ ހަގީގީ އަދަދު ވަރަށް ބޮޑުތަން އިތުރު ވާނެ އެވެ.

މައުލޫމާތު: ވޮއިސް އޮފް ޖާމަނީ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް