ރާއްޖޭގެ ބަލި ހާލަތު ގޯހުން ގޯހަށް : ޕޮސިޓިވްވި މީހުން 200 އިން މައްޗަށް!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 215 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 8 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 27 މީހުންނާއި ރިސޯޓްތަކުން 20 މީހަކު އިއްޔަ ވަނީ ޕޮސިޓިވް ވެފައެވެ. ހަމަ މިއާއެކު ސަފާރީއަކުން މީހަކުވަނީ ފައްސިވިއެވެ. އަނެއް 159 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ވެފައި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެންމެ ގިނަ މީހުން ފައްސިިވި ދުވަހަށެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 16,056 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,807 އެކްޓިވް ކޭސް ހިމެނޭއިރު، 184ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 52 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 14,190 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް