ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހަކީ "ޤައުމީ ޙިޖާބު ދުވަސް" ކަމުގައި ފިލިޕީންސް ގެ ވެރިރަށް ކަމުގައިވާ މެނީލާ އިން ފާސްކޮށްފި.

Loading

Facebook
Twitter
WhatsApp

މެނީލާ: ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހަކީ ”ޤައުމީ ޙިޖާބު ދުވަސް“ ކަމުގައި ކަނޑައަޅައި، ފިލިޕީންސް ގެ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ. ކޮންމެ އަހަރެއްގެ ފެބުރުއަރީ 1 ވަނަ ދުވަހަކީ ޤައުމީ ޙިޖާބު ދުވަސް ކަމަށް ނިންމެވި މަޤްޞަދަކީ މުސްލިމުންގެ އުޅުމަށް އިޙްތިރާމް ކޮށް، އެދީނަށް އުޅުމަށް ހުއްދަ ދިނުމުގެ ގޮތުންނެވެ.

މިގޮތަށް ޤާނޫނު ފާސް ކޮށްފައި ވަނީ މި ޖަނަވަރީ މަހުގެ 26 ވީ އަންގާރަދުވަހު، ޖުމްލަ 203 ވޯޓާއެކު އެވެ.

އަނަކް މިންޑަނާއޯ ޕާރޓީގެ ލީޑަރު އަމިހިލްޑާ ސަންގކޯޕަން ވަނީ މި ޤާނޫނު ފާސް ކުރުމަށްޓަކައި ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މި ޤާނޫނު ފާސް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ޣައިރު މުސްލިމުން (މުސްލިމު ނޫން މީހުން) ގެ މެދުގައި ޙިޖާބަށް އަހުލުވެރި ކޮށްދިނުމެވެ. މިގޮތުން، ޙިޖާބު ގެ ޝިއާރަކީ ކޮބައިކަމާއި، ޙިޖާބު އެޅުމުގެ ބޭނުމަކީ މުސްލިމް އަންހެނުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ކަމުގައި އަންގައިދިނުމެވެ. އަދި ޙިޖާބު އެޅުމަކީ އެކަމުގައި ޙިކްމަތްތަކެއް ވާކަން މުސްލިމް އަދި ޣައިރު މުސްލިމު އަންހެނުންނަށް އަންގައިދީ ހޭލުންތެރި ކުރުވުމެވެ.

މީގެއިތުރުން، ޙިޖާބު އަޅައިގެން އުޅޭ އަންހެނުންނަށް ކުރަމުންދާ ފުރައްސާރަ ތަކާއި އެހެން މީހުންނާ ތަފާތުކުރުމުގެ މައްސަލަ ތަކަށް ޙައްލެއް ހޯދުމަށެވެ. އަދި ޙިޖާބު އެޅުމަކީ ޓެރަރިޒަމާއި އަޅުވެތިކަން ފަދަ ކަންކަމާ އެއްވެސްކަހަލަ ގުޅުމެއް ހުންނަ ކަމެއް ނޫންކަން ބުނެދިނުމަށެވެ.

ހަމައެހެންމެ، މިޤާނޫނު ގައިވާ ގޮތުގެ މަތިން، ފިލިޕީންސް ގެ އަންހެނުންނަށް ދީނުގައިވާ އުސޫލު ތަކާއި އެއްގޮތަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރެވޭނެ އެވެ.

ސަންގކޯޕަން ބުނިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙިޖާބު އަޅައިގެން އުޅޭ އަންހެނުންނަށް އެކިއެކި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. މިސާލަކަށް، ފިލިޕީންސް ގެ ބައެއް ޔުނިވަސިޓީ ތަކުގައި ޙިޖާބު އެޅުން މުސްލިމު އަންހެން ދަރިވަރުންނަށް މަނާކޮށްފައި ވެއެވެ.

އޭނާ ބުނާގޮތުގައި، ސްކޫލުގެ ޤަވާއިދު ތަކާއި އެއްގޮތަށް ބައެއް މުސްލިމް އަންހެން ކުދިންނަށް ޙިޖާބު ނެގުމަށް މަޖުބޫރު ކުރުވައެވެ. އަދި ސްކޫލުން ވަކިވުމަށް ބައެއް ކުދިންނަށް މަޖުބޫރުކޮށް، އެހެން ސްކޫލަކަށް ފޮނުވާލައެވެ. މިއީ އިސްލާމީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންތައްތައް ކަމުގައި އޭނާ ބުންޏެވެ. އަދި މިހާރު ފާސްކޮށްފައިވާ ޤާނޫނުގެ ސަބަބުން، މިފަދަ ކަންތައްތައް ހުއްޓުވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

”ޙިޖާބު އެޅުމަކީ، ކޮންމެ މުސްލިމް އަންހެނެއްގެ ޙައްޤެއް. އެއީ ހަމައެކަނި ފޮތިކޮޅެއް ނޫން، އެކަމަކު އެއީ އެމީހުންގެ ދިރިއުޅުމުގެ ޙިއްޞާ އެއް. ކީރިތި ޤުރުއާނު ގައިވެސް މިވާހަކަ ވަރަށް ތަފްޞީލުކޮށް ބަޔާން ކުރައްވާފައިވާނެ، މުސްލިމް އަންހެނާ، އޭނާގެ އަބުރުވެރި ކަމާއި ޢިއްފަތްތެރިކަން ރައްކާތެރި ކުރުމަކީ ވާޖިބެއް ކަމަށް.“ އޭނާ ބުނެފައިވެއެވެ

ފިލިޕީންސް ގެ ތަފާސްހިސާބުތަކާ ބެހޭ ވުޒާރާގެ ފަރާތުން ލިބުނު އެންމެ ފަހުގެ މަޢުލޫމާތުގައި ވާގޮތުން، ފިލިޕީންސް ގައި 10 މިލިއަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. މި ޤާނޫނަކީ، މިޤައުމުގައި މުސްލިމުންގެ އާބާދީ ދައްކުވައިދޭ ޤާނޫނެއް ކަމަށް ޑިއަމްޕުއަން ބުނެފައިވެއެވެ.

އޭނާ ބުނާގޮތުގައި، އަންހެނުންގެ އަގުވަޒަން ކުރަންޖެހޭނީ އެމީހުންގެ ސިފައަށް ބަލައިފައެއް ނޫނެވެ. އެމީހުންގެ ވިސްނުމާއި، ފިކުރާއި، ދިރިއުޅެމުންދާ ގޮތާއި، މުޖުތަމަޢުގައި އަހުލުވެރިވާ ގޮތަށް ބަލައިފައެވެ. މީހާގެ ހިތް ސާފު ކަމުގައި ވާނަމަ އޭނާއަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައިވެސް ބުންޏެވެ.

ޙިޖާބަކީ ބޮލާއި މޭމަތި ފޮރުވޭނޭހެން އަޅާ ބުރުގާއެކެވެ. މިއީ މުސްލިމު އަންހެނުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އަދި ޢާއިލާ ފިޔަވައި ދުރު ހިލޭ މީހުންގެ ކުރިމަތީގައި ޙިޖާބުން ފޮރުވިގެން ތިބެންޖެހެއެވެ.

Loading

One Response

  1. ޕިލިޕީންގެ ރައީސް ވެސް މިއުޅޭ ދިވެހި ދީނަށްޓަކައި އުޅޭ ޝޭޚުންނާއި އިސްލާމިކް ވެރިންނަށްވުރެ ގަޓެއްނޫންތޯއެވެ. އަހަރެމެން މި އުޅެނީ ހިޖާބު ފުލް ކޮށް އެޅީމާ އެމީހުން ރުޅިއަތުވެދާނެތީ އަނބިމީހާގެ ޙިޖާބުވެސް ބާލުވާ ޝޭޚުންނާއި އަޅާނުލާ އިލްމުވެރީންނެވެ. އަދި ހިޖާބުނަގުވާފަ ވަރިވެސްކޮށްލީއެވެ. ދެންފަހެ… ދަންނައެ…؟

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް