އައްޑޫ އަށް އެތެރެކުރަން އުޅުނު ފަސްކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި

177
Maldives News

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގައި ފުލުހުން ހިންގި އޮޕަރޭޝނުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ގދ. ތިނަދޫން އައްޑޫސީޓީ އަށް ގެންދިޔަ މަސްތުވާ ތަކެތިކަަމަށެވެ.

ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ފަސް ފިރިހެނުންނެވެެ. އެއީ  18 އަހަރުގެ އަންހެނަކާއި 26 އަހަރުގެ ތިން ފިރިހެނުންނާއި 28 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ މީހެކެވެ.

ކަނޑުމަތިން އެމީހުން ދަތުރުކުރި ލޯންޗް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ލޯންޗްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަުގައިވާ އެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިންނެވެ.

ފުލުހުންގެ މި އޮޕަރޭޝާންގައި ކުރިއަށް ގެންދިޔައީ ފުލުހުންގެ އިންޓެލިޖެންސް އާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި އަދި ސިފައިންނާއި ގުޅިގެންނެވެ.

1 ހިޔާލު

  1. ތިއަތުލައިގަންނަ ތަކެތިތަށް މާކެޓަށް ނުރޭނެކަން ކަށަވަރު ކުރައްވާތި. މިހެން މިބުނެވުނީ ރާއްޖޭގައި ހަވާލުދާރު ކަން ކޮށްފާތިބި އާދައިގެމީހުން މަހުޖަނުނަށްވެފާ އެބަތިބި. ކިހިނެއްތޯއެވެ. ދެން އަމުދުން ބޮޑުންގެ ބޭފުޅަކަށް ވެއްޖެނަމަ ތި ކަމަކީ ކުށަކަށްވެސް ނުވާ ހިސާބުގައިނޫންތޯ ގައުމިއްޔަތު އޮތީ. ސަހަރޯ ހީވޭ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ