އިންޑިޔާ އަންހެނަކު ހުސްފައިގައި 1،600މީޓަރަށް ދުވެފި

Loading

Facebook
Twitter
WhatsApp

އިންޑިޔާ އަންހެނަކު ސާޅީއެއް އަޅައިގެން ހުރެ ހުސްފައިގައި އެއްހާސް ހަސަތޭކަ މީޓަރަށް ދުވެފިއެވެ.ޖާކާންދް ސްޓޭޓްގެ ރާމްގާހް ޑިސްޓްރިކްޓަށް ނިސްބަތްވާ ކަވީތާ ދުވުނީ ސަރުކާރުންދޭ ވަޒީފާއެއް ކަމަށްވާ ހޯމްގާޑް އެއްގެ ވަޒީފާ ގެ ޓެސްޓަށް ކޮލިފައި ވުމަށް ކަމަށް ވެއެވެ.


ރޭސް ނިންމަން 10 މިނިޓްގެ ވަގުތު ދީފައިވާއިރު ކަވީތާ ރޭސްނިންމީ 6 މިނިޓުން ކަމަށް ވެއެވެ.ޓްރަޔަލް އެއްގެ ގޮތުގައި ބޭއްވި ދުވުން އިންތިޒާމް ކޮށްފައިވަނީ ލޯކަލް ޓްރެއިނިންގ އެކަޑެމީ އަކުން ކަމަށް ވެއެވެ. ކަވީތާ އެހާއަވަހަށް ރޭސް ނިންމުމުން ބަލަން ތިބި އެންމެނާއި އަދި ޓްރެއިނަރުންވެސް ތިބީ ހައިރާން ވެފައި ކަމަށް ވެއެވެ.
ކަވީތާގެ ފިރިމީހާ ދީޕަކް ގިނަ ދުވަސް ތަކެއްގައި ބަލިވެ އުޅުމަށްފަހު މީގެ ތިން އަހަރު ކުރިން މަރުވުމާއި ގުޅިގެން އެމީހުންގެ ތިބި ކުޑަދެކުދިން ބެލުމަށް ކަވީތާ އައީ މަސައްކަތް ކުރަމުންނެވެ.މިގޮތުން ޕްރައިވެޓް ސެކިއުރިޓީ ގާޑެއްގެ ވަޒީފާ ލިބިފައި އޮތް ނަމަވެސް ތަންކޮޅެއް މުސާރަ ބޮޑު ސަރުކާރު ވަޒީފާއެއް ހޯދުމަށް އޭނާ މަސައްކަތް ފެށިއެވެ.
ޕޮލިސްގާޑަކަށް ނުވަތަ ހޯމް ގާޑަކަށް ވުމަށް އޭނަ ތަމްރީން ކުރަމުން އަންނަނީ ވަރަށް ހިއްވަރާއެކުގައި ކަމަށް ވެއެވެ.މިގޮތުން ކޮންމެ ދުވަހަކު 4ޖަހާއިރު އޭނާ ތެދުވާ ކަމަށް ވެއެވެ.އަދި ޚާއްސަ ހެދުމާއި ބޫޓު ގަންނާނެ ފައިސާ ނެތުމުން އާންމުކޮށްލާ ހެދުމުގައި ހުސްފައިގައި އެކަހެރި މަގުތަކުގައި އޭނާ ދުވެއެވެ.އަދި ފަރިތަކުރުންތައް ނިންމާލުމަށްފަހު ކުދިން ހޭލަންވާއިރަށް އެނބުރިގެޔަށް ގޮސް ދުވަހުގެ މަސައްކަތްތައް ފަށައެވެ.
ކަވީތާ މިހާރު ރެޑީވަނީ އޮކްޓޯބަރު 24ން ނޮވެމްބަރު 5އަށް އޮންނަ ޖާކާންދް ހޯމް ގާޑް ރިކްރޫޓްމަންޓް ގެ ފިޒިކަލް ޓެސްޓަށެވެ. މިރިކްރޫޓްމަންޓްގައި ރާމްގާހް ޑިސްޓްރިކްޓުން 284 މީހަކަށް ވަޒީފާ ދޭން ނިންމާފައިވާއިރު އޭގެ ދެބައިކުޅައެއްބައި އަންހެނުންނަށް ވަނީ ޚާއްސަ ކޮށްފައެވެ.
ކަވީތާ ދުވި ވީޑިއޯ ވައިރަލް ވުމާއިއެކު ގިނަބަޔެއްގެ ސަޕޯޓް އޭނާޔަށް ވަނީ އޮހިގެން ގޮސްފައެވެ.އަދި އެފަދަ ޑެޑިކޭޓަޑް މީހުން ނަށް އިތުރު ޓެސްޓަކާ ނުލާވެސް ވަޒީފާ ދޭންޖެހޭ ކަމަށް ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް