ރާއްޖެއިން ކޯވިޑް19 އަށް އިތުރު 50 މީހަކު މިއަދު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 23 މީހުންގެ ތެރެއިން 16 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 7 މީހަކު ފައްސިވެފައެވެ. އަނެއް 27 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14375 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 845 އެކްޓިވް ކޭސް ހިމެނޭއިރު، 61 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިބަލީގައި ރާއްޖެ އިން މިހާތަނަށް 49 މީހަކު ނިޔާވެފައި ވާއިރު، 13476 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.