ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މީހަކު ޖަލަށްލާން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
އެ ހާދިސާގައި މީހެއްްގެ ކުކުޅުކޮށިން ދެކުކުޅާއި ހާލެއް ވަގަށް ނަގާފައި ވާތީ ދައުވާކޮށްފައި ވަނީ އުނގޫފާރު މީހަކަށެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ފަރާތުން، މިހާރު ވަނީ ކުށަށް އިއުތިރާފުވެފައެވެ.
އަދި ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކޮށް، އޭނާގެ މައްޗަށް ކޯޓުގައި އިއްވާފައި ވަނީ 20 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން އޭނާ މިހާރު ވަނީ ދެ ކުކުޅާއި ހާލެއް ވަގަށް ނެގިފައި ވާތީ އޭގެ ވެރިފަރާތަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 500 ރުފިޔާ ވެސް ދީފައެވެ.
![]()
