އިޒްރޭލުން ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާކަމަށް ބުނެގެން އދގެ ސްޕެޝަލް ރަޕޮޓެއަރ އަށް މަރުގެ އިންޒާރު

Loading

Facebook
Twitter
WhatsApp

އިޒްރޭލުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނާއި ދެކޮޅަށް އިންތިހާ ދަރަޖައިގެ ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާކަމަށް ބުނެގެން އދގެ ސްޕެޝަލް ރަޕޮޓެއަރ ފްރާންސެސްކާ އަލްބަނީސެ އަށާ އޭނަގެ އާއިލާއަށް މަރުގެ އިންޒާރު ދެމުން ގޮސްފައި ވެއެވެ. މަރުގެ އިންޒާރު ތަކުގެ އިތުރުން ފައިސާގެ ގޮތުން ދަތިކުރުމާއިއެކު އެމީހުންނާ ދެކޮޅަށް އެހެންވެސް ފިޔަވަޅުތައް އަޅާފައިވެއެވެ.


މިކަންކަމުގެ ތަފްސީލް ހާމަ ކުރައްވާ ކުރެއްވި ޕޯސްޓެއްގައި އަލްބަނީސެ ވިދާޅުވީ،އިޒްރޭލުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން މަރާ ނައްތާލުމަށް ރާވައިގެން އެމީހުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާކަމަށް އޭނާ ރިޕޯޓް ކުރެއްވިކަމަށްޓަކައި އޭނާއަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށާ، ދަރިފުޅަށް ބިރު ދައްކާ، ފިރިމީހާ ވަޒީފާއިން ވަކިކޮށް އަދި އެމީހުން ދިރިއުޅެމުން އައި އެޕާޓްމަންޓް ވެސް އަތުލާފައިވާ ކަމަށެވެ.
އަލްބަނީސެ ވިދާޅުވީ މި ބިރުދެއްކުންތައް އޭނާގެ ޒާތަށްވުރެ ބޭރަށް ގޮސް އާއިލާގެ އެހެން މެމްބަރުންނަށް ވެސް ކުރިމަތިލާން ޖެހުނު ކަމުގައެވެ. އޭނާގެ އާއިލާ އަށް މާލީ ގޮތުން ދަތިކުރުމަށް އެމެރިކާ ސަރުކާރުން ”ސެންކްޝަން“ ވެސް އިއުލާން ކޮށްފައިވާއިރު،މިކަމުގެ ސަބަބުން އޭނާއަށް ގާނޫނީ ގޮތުން ލިބިދޭ ހައްގުތައް ގެއްލޭ ކަމަށާ، ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ވިދާޅުވެ އަލްބަނީސެގެ އާއިލާއިން ކޯޓަށް މައްސަލަ ހުށައެޅި އެވެ.
އަލްބަނީސެ ވިދާޅުވީ ”ސެންކްޝަން“ އަކީ ކުށް ވެރިންނާ ދެކޮޅަށް އަޅާ ފިޔަވަޅަކަށް ވާއިރު، ”ސެންކްޝަން“ އެޅިފައިވާ މީހުންގެ ލިސްޓްގައި އޭނާ ހިމެނުމަކީ ވަރަށް ސީރިއަސް މައްސަލަ އެއް ކަމުގައެވެ.“ސެންކްޝަން“ އެޅޭ އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭތާގައި ކްރެޑިޓް ކާޑު ބޭނުން ކުރުމުންވެސް ވަނީ މަހްރޫމް ވެފައެވެ. އޭނާ ވިދާޅުވީ އޭނާ ރިޕޯޓް ކުރެއްވީ ތެދުބަހުން ކަމަށާ ހަމައެކަނި ބޭނުމަކަށްވީ ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯއްދަވާ ދެއްވުން ކަމުގައެވެ.
އޭނާގެ ރިޕޯޓް ތަކުގެ ސަބަބުން ފަލަސްތީންގެ މައްސަލަޔަށް ސަމާލުކަން އިތުރު ވެފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށް އަލްބަނީނެ ވިދާޅުވިއެވެ.އަދި މިއަދު ޓިކްޓޮކް ފަދަ ޕްލެޓްފޯމް ތަކުގައިވެސް ޣައްޒާގެ ހާލަތު ހާމަކުރަމުން ދާކަމީ އޭނާގެ މަސައްކަތުގެ ނަތީޖާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.ޓިކް ޓޮކް ވީޑިއޯ ތަކުން ފެންނަ މަންޒަރު ތަކަކީ ”ޝޮކިންގ“ މަންޒަރު ތަކެއް ކަމަށާ އިޒްރޭލުގެ ރަހުމުކުޑަ ޖަރީމާތައް ސިފަކޮށްދިނުމަށް ބޭނުންކުރާނެ އިތުރު ލަފްޒް ތަކެއްވެސް މިހާރު ނެތް ކަމަށް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް ސަރުކާރުން ވަނީ އަލްބަނީސެއާއި ދެކޮޅަށް އެޅި ”ސެންކްޝަން“ ނުވަތަ ދަތިކުރުމުގެ ފިޔަވަޅު ތައް ދިފާއު ކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެފިޔަވަޅު ތައް އެޅީ އަލްބަނީސެގެ މަސައްކަތުގައި ވަކި އަތަކަށް ޖެހިފައިވާތީ އާއި އެމެރިކާ އަދި އިޒްރޭލާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީ ކަމުގައެވެ. އަދި ގައްޒާގައި އިޒްރޭލުން ލާއިންސާނީ ޖަރީމާތައް ނުހިންގާ ކަމަށް އިޒްރޭލް އަދި އެމެރިކާއިން ބުނަމުން ގެންދެއެވެ.
ސްޕެޝަލް ރަޕޮޓެއަރ ގެ މަސައްކަތް ޕުޅަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މަންޑޭޓުން ބާރުލިބިގެން ހިންގާ މަސައްކަތް ތަކެކެވެ.އޭނާގެ މިނިވަން އެނޭލިސިސް ތަކުގައި އަލިއަޅުވާލާފައިވާ ޖަރީމާތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން މަޖްބޫރުން އެކި ސަރަހައްދުތަކަށް ފޮނުވުމާއި އަބުރާ އިއްޒަތަށް އަރައިގަތުމާއި، ބައިނަލްއަގްވާމީ ގޮތުންވެސް ބޮޑެތި ޖަރީމާތަކުގެ ގޮތުގައި ހިމަނާފައިވާ އަމަލުތައް ހިމެނެއެވެ.މިކަމުގެ ސަބަބުން ފަލަސްތީންގެ ރައްޔިތުން، ޚާއްސަކޮށް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިންނަށް ވަނީ ބަރުދާސްތު ނުކުރެވޭފަދަ ދުއްތުރާތަކާއި ވޭން ކުރިމަތިވެފައެވެ.
ފަހުގެ އެސްޓިމޭޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމައިގައި 7 އޮކްޓޫބަރ 2023 ން 21 ފެބްރުއަރީ 2026 އަށް 75،226 ފަލަސްތީނުގެ ރައްޔިތުން ”ވަޔަލަންޓް“ ކޮށް ނުވަތަ ރަހުމެއްނެތި ގެދޮރަށް ބޮންއެޅުމުގެ ސަބަބުން މަރުވެފައި ވެއެވެ.އަދި އެމުއްދަތުގައި ”ނޮންވަޔަލަންޓް“ ނުވަތަ ލިބުނު އަނިޔާތަކުގެ ސަބަބުން ނާއި ކުރިމަތިވި ދަތި ހާލުގެ ސަބަބުން އަދި އެކިބަލި ތަކުގައި ފަލަސްތީނުގެ 8،540 ރައްޔިތުން މިދުނިޔެ ދޫކޮށްފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް