އީރާން ހަނގުރާމައިގައި ސައޫދީ އެރޭބިއާއިން އިތުރު ގޮތްޕެއް އުފައްދައިފި

Loading

Facebook
Twitter
WhatsApp

ޔަމަންގެ ސަންޢާ އިންޓަރނޭޝަނަލް އެއާރޕޯރޓަށް ސަޢޫދީ އެރޭބިއާއިން ހަމަލާދީ ރަންވޭ ހަލާކުކޮށްލައިފިިއެވެ.

ސަޢޫދީ އެރޭބިއާއިން ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރަށް ބޮންއެޅުމުގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގާ އިތުރު ގޮތްޕެއް އުފަން ކުރުވައިފިކަމަށް ދަ ޓެލިގްރާފުން ޚަބަރުދީފިއެވެ. 

ސަޢޫދީ އެރޭބިއާއިން ބޮން އެޅުމުގެ ސަބަބުން އެއާރޕޯރޓްގެ ރަންވޭ ހަލާކުވެ އީރާން އެއާރލައިންގެ ފްލައިޓް ޖެއްސުން ހުއްޓުވައިފިއެވެ. ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ސަންޢާ އެއާޕޯރޓަށް ސަޢޫދީ އެރޭބިއާއިން ޙަމަލާދިނީ ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނުގެ ރައްޔަތުންގެ ބޮޑުބައެއްގެ ރުހުންނެތް ސަރުކާރުގެ އެދުމަކަށެވެ. ސަޢޫދީ އެރޭބިއާއިން ގެންދަނީ އެ ބަލިކަށި ސަރުކާރަށް ގިނަގޮތޮގޮތުން އެހީތެރިކަން ފޯރުކޮށްދީ އަދި އެއްބާރުލުން ދެމުންނެވެ. ހޫތީ މުޖާހިދުން ނައްތާލައި ގޮނޑިކޮށްކޮ ސަރުކާރެއް ޔަމަނުގައި އޮތުންމަށް އެމެރިކާ ބޭނުންކުރަމުން ގެންދަނީ ސަޢޫދީ އަރަބިޔާއެވެ.                                     

ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ އެއާރފޯރސް އެއްވެސް ނެތުމާއެކު އެ ސަރުކާރުގެ އެދުމަށް ސަޢޫދީ އެރޭބިއާއިން ސަންޢާ އެއާރޕޯރޓަށް ޙަމަލާދިނީކަމަށް ހޫތީންގެ ތަރުޖަމާނުވެސް ވަނީ ތުހުމަތުކޮށްފައެވެ. ސަންޢާ އެއާރޕޯރޓަށް ޙަމަލާދިނުމުގައި ސަޢޫދީ އެރޭބިއާގެ ވަލީއަޙުދު މުހައްމަދު ބިން ސަލްމާނަށް ސަޕޯރޓްކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް އެކްސިއޯސް އިން ބުނެފައިވެއެވެ.         

ސަންޢާ އެއާރޕޯރޓަށް ބޮންއެޅިކަމާ ދޭތެރޭ ސަޢޫދީ އެރޭބިއާއިން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޔަމަންގެ މުޖާހިދުން ބުނިގޮތުގައި އެ އުދުވާނުގެ ޖަވާބު ވަރަށް ހިތިކޮށް ސަޢޫދީއަށް ލިބޭނެކަމަށް ބުނެއެވެ.   

ހޫތީ މުޖާހިދުންވަނީ އިންޒާރުގައި ބުނެފާވެއެެވެ. މިހޫނު މޫސުމުގައި ސަޢޫދީ އެރޭބިއާގެ ގިނަބަޔަކު ދަތުރުކުރާ ދެކުނުގެ ފަރުބަދަމަތީ ޝަހަރު އަބްހާ ބައިނަލް އަގްވާމީ އެއާރޕޯރޓަށް ހަމަލާ ދޭނެކަން ހޫތީ މުޖާހިދުންވަނީ އިންޒާރު ދީފައެވެ. އަދި ސަންޢާ އިންޓަރނޭޝަނަލް އެއާރޕޯރޓް ހުޅުވޭ ދުވަހަކާ ހަމަޔަށް ސަޢޫދީ އެރޭބިއާގެ ވައިގެ ސަރަހައްދު ރައްކާތެރި ނުވާނެކަމަށްވެސް ހޫތީ މުޖާހިދުންގެ ތަރުޖަމާން ޔަހްޔާ ސަރާއީގެ އިންޒާރުގައި ވިދާޅުވެފައި ވެއެވެ.                                                                  

ހޫތީ މުޖާހިދުން އުދުއްސާލި މިސައިލް ސަޢޫދީ އެރޭބިއާއިން ވައިގެތެރެއަށް ނައްތާލާފައި ވާނެކަމަށް ސަޢޫދީ އެރޭބިއާއިން ބުނެފައި ވެއެވެ. މި ހާދިސާގެ ސަބަބުން ދިހައަހަރުވަންދެން ހޫތީ މުޖާހިދުންނާ ދެކޮޅަށް ސަޢޫދީ އެރޭބިއާއިން  ކުރިންކުރި ހަނގުރާމަ 2022 ވަނަ އަހަރު މާރޗް މަހުގައި ހުއްޓާލާފައި އޮތުން ނިމުމަކަށް އައީކަމަށް ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލަން އެއްބަސްވިއިރު ސަންޢާ އާއި ހުދައިދާ ބަނދަރު އޮތީ މުޖާހިދުންގެ ބާރުގެ ދަށުގައެވެ. ހޫތީ މުޖާހިދުންނާ ދެކޮޅަށް ސަޢޫދީ އެރޭބިއާއިން ކުރި ހަނގުރާމައިގާ ސަޢޫދީން ޔަމަނުގެ 377،000 މަރާފައިވެއެވެ. އޭގެތެރެއިން ގިނަބަޔަކު މަރުވެފައިވަނީ ބަނޑުހައިހޫނު ކަމުގެ ސަބަބުންނެވެ. ޙަމަލާތަކުގައި ހަލާކުވެދިޔަ އިމާރާތްތަކުގެ ދަށުވެގެންވެސް ގިނަބަޔަކު ވަނީ މަރުވެފައެވެ.                        

ޚަބަރުތަކުން އެނގިފައިވާ ގޮތުގައި މިފަހަރު ހަމަނުޖެހުން އުފެދުމުގެ ސަބަބަކަށް ވެފާއޮތީ ސަޢޫދީ އެރޭބިއާގެ ހަނގުރާމަމަތީ ބޯޓުފަހަރުން އިންޒާރު ދީފައިވަނިކޮށް ޖުލައި 3 ވަނަދުވަހު އީރާނުގެ މަތިންދާބޯޓެއް ސަންޢާ އެއާރޕޯރޓްގައި ޖެއްސުމެވެ. އެ ފްލައިޓަކީ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚަމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި ހޫތީ މުޖާހިދުންގެ ވަފުދެއް ދަތުރުކުރަން ރޭވިފައިވާ ފްލައިޓެއް ކަމަށް ހޫތީން މުޖާހިދުން ވަނީ ބުނެފައެވެ. ސަޢޫދީ ޙަމަލާއާ ދޭތެރޭ ހޫތީ މުޖާހިދުންގެ ސަޕޯރޓަރުން ގެންދަނީ ސަޢޫދީ އެރޭބިއާއަށް ނުރުހުންފާޅުކޮށް ބަދަލުހިފުމަށް މުޒާހަރަ ކުރަމުންނެވެ.                                            

ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ރައްޔަތުންގެ ސަޕޯޓްނެތް ޔަމަނުގެ ސަރުކާރުން ބުނެފައިވަނީ އީރާން އެއާރގެ ދަތުރަކީ ކަނޑައެޅިގެން ޔަމަންގެ އިސްތިގްލާލަށް އަރައިގަތުން ކަމަށެވެ. އީރާން އެއާރއިން ސަންޢާއަށް ދަތރުކުރުމަކީ މެދުއިރުމަތީގެ ބައެއް ގައުމުތަކާއި އަދި އިސްރާއީލުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމެކެވެ.                     

ހޫތީ މުޖާހިދުންނާއެކު އީރާން އެއާރއިން މިދިޔަ ހޯމަދުވަހު ޔަމަނަށް ކުރި ދަތުރު ސަންޢާގެ ބަދަލުގައި ހުދައިދާ އެއާރޕޯރޓަށް އަމާންކަމާއެކު ޖައްސާފައިވާކަމަށް އީރާނުން ޚަބަރުދީފައި ވެއެވެ.

ހޫތީން މެދުވެރިކޮށް ބާބުލް މަނދޫބް ކަނޑައޮޅި ބަންދުކުރަން ޖެހިދާނެކަން އީރާނުންވަނީ އިންޒާރު ދީފައެވެ. އެފަދަ ޙާލަތެއްގައި ސުއޭޒް ކެނަލުން ރެޑްސީއަށް ނުވަތަ ރެޑްސީން ސުއޭޒް ކެނަލަށް ދަތުރުކުރުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވެގެންދާނެއެވެ. އެ ސަރަހައްދުން ދަތުރުކުރާ ވަރަށް ވަރަށް ގިނަ އުޅަނދު ފަހަރަށް އަމާޒުކޮށް ހޫތީ މުޖާހިދުން މީގެކުރިންވެސް އެ ކަނޑައޮޅި ބަންދުކޮށް ޢަދުއްވުންގެ އުޅަނދުތަކަށް ހަމަލާދެމުންގެންގޮސްފައި ވެއެވެ. ހޮރްމުޒް ކަނޑުއޮޅިއާއެކު ބާބުލް މަންދޫބް ބަންދުވެއްޖެނަމަ ދުނިޔޭގެ އިގްތިސާު އިސާހިތަކު ވެއްޓިގެން ވެއްޓިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް