އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންމުންގެންދާ މިލިޓްރީ ހަރަކާތްތައް ހުއްޓާލުމަށް އެމެރިކާ ކޮންގްރެސްގެ “ ތިރީގެ، ދަ ހައުސް “ އިން ފުރަތަމަ ފަހަރު ރައީސް އާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހު ގާނޫނު ފާސްކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާގޮތުގައި ރައީސް ޓްރަމްޕް އާއި ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ނިސްބަތްކުރެވޭ ރިޕަބްލިކަން ޕާރޓީގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ.
މީގެ ދެ ހަފުތާކުރިން އެ ގަރާރު ފާސްކުރެވިދާނެކަމަށް ބެލެވެމުންދިޔަވަގުތު އެ ވޯޓު ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ހައުސްގެ ރިޔާސަތު މައިކް ޖޯންސަން ވަނީ ވަރަށްބޮޑަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އޭގެ ސަބަބުން މެމްބަރުންގެ ނުރުހުން ދިޔައީ އިތުރުވެގެންނެވެ.
ރައީސްގެ ފަރާތުން ގައުމަށް ރަނގަޅުކަމެއް ފޯރަންޖެހޭ ވަގުތު ފާއިތުވެއްޖެއެވެ. ނުރަނގަޅު ކަންތައްތައް ކުރުމުގައި މިހާރު ހައްދުންނައްޓާލައިފިއެވެ. ގޭސް ސްޓޭޝަން ތަކުގައިވެސް ރައްޔިތުންގެ މާޔޫސްކަމެވެ. ސުޕަރމާރކެޓްތަކުގައިވެސް މުދަލާހަމަޔަށް ރައްޔިތުންގެ އަތް ނުފޯރާކަމުގެ ޝިކާޔަތެވެ. މިހާރުދެން ފުދިއްޖެއެވެ. އެ ގަރާރު ފާސްކުރުމުގައި އިސްކޮށް އުޅުއްވި ހައުސް ފޮރިން އެފައާރސް ކޮމިޓީގެ ނިއުޔޯރކް ސިޓީގެ އެންމެ އިސް ޑެމޮކްރެޓް ގްރެގަރީ މީކް ބުނެފައިވެއެވެ. ތިރީ ގެއިން 208 ވޯޓު 215 ވޯޓުން ކާމިޔާބު ކުރެވުނު ނަމަވެސް ރައީސް ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ކޮމާންޑަރ އިން ޗީފް ގެ ބާރުތައް ކޮށާލެވިގެންދާތަން ބަލާކަށް މަޑުން ނުހުންނަވާނެއެވެ.
ދަ ހައުސްގައި ރައީސް ޓްރަމްޕްގެ ހަނގުރާމައިގެ ވިސްނުމަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ ވަރަށް ބޮޑު ލަދުވެތިކަމެއްގެ ގޮތުގައި ސިފަކުރައްވައި މެމްބަރުން އުފާ ފާޅުކުރަމުން ގެންދިޔަ ކަމަށްވެއެވެ.
ދަ ހައުސްގެ ގަރާރުގެ ސަބަބުން ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭނެ ކަމަށް މާނަ ނުކުރެވުނަސް އިތުރު ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭނެއެވެ. އެ ގަރާރު ދެން ދާނީ ކޮންގްރެސްގެ ވޯޓަކަށެވެ. މި ހުސްވި މަހުގެތެރޭގައިވެސް ޑެމޮކްރެޓުންނާއި މަދު ރިޕަބްލިކަން މެމްބަރުންކޮޅެއް އިސްވެތިބެ ހަމަ މިމޭރުމުން ގަރާރެއް ކޮންގްރެސްއާހަމައަށް ގެނައުމުގައި ވަނީ ކާމިޔާބު ކޮށްފައެވެ. އެ ގަރާރު އަދިވެސް އޮތީ ވޯޓަށް އެހުމުގެ މަގުމަތީގައެވެ. އެ ގަރާރު ފާސްވެއްޖެނަމަ އެމެރިކާއިން އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމުގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގު ފަހިވެގެންދާނެއެވެ. ގާނޫނު އަސާސީގައި އޮންނަގޮތުން އެމެރިކާއިން ހަނގުރާމަ އިއުލާންކުރުމުގެ ބާރު ދީދައިއޮންނަނީ ކޮންގްރެސްއަށެވެ. ރައީސަކަށް ހުންނަވާބޭފުޅަކަށްވެސް ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން ހަނގުރާމައާއި ސުލްހައިގެމަޝްވަރާތަކުގައި ބައިވެރިވެވިދާނެއެވެ.
މިހާރު ހުށައެޅިފައިވާ ގަރާރު ފާސްވެއްޖެނަމަ ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުގައި ރައީސް ފައްޓަވާ މިލިޓްރީ ހަރަކާތްތަކަށް ކޮންގްރެސްގެ ރުހުން ހޯދުމަށް 60 ދުވަހުގެ މުހުލަތެއް ވައިޓްހައުސްއަށް ލިބިގެންދާނެއެވެ.
ދަ ހައުސް އިން ފާސްކޮށްފައިވާ ހަނގުރާމައާ ބެހޭ ގަރާރު ކޮންގްރެސްއިން ފާސްކޮށްފިނަމަ އެމެރިކާގެ ދެއަތް ބަނދެވި އަދި އީރާނާ ދެކޮޅަށް ދެން އެއްވެސްކަމެއް ނުކުރެވޭނެކަމަށް އީރާނުން ދެކޭނެ ކަމަށް ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވަނީ އިންޒާރު ދީފައެވެ.
މި ޚަބަރުތައް ކިޔަމުންދާއިރު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމަށް މަގުފަހި ކުރުމުގެ ގޮތުން އިސްރާއީލާއި ލެބަނަނުން ކުރަމުން ގެންދާ ހަނގުރާމަވެސް މެދުކަނޑާލަން އެއްބަސްވެފައިވާކަމަށް ވޯޝިންގްޓަނުން ޚަބަރު ލިބިފައިވާ ކަމަށް ދުބާއި ރޮއިޓާރސް ޚަބަރު ދީފައިވެއެވެ. ހަނގުރާމަހުއްޓާލުމަށް އީރާނާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގައި ލުބްނާނަށް އިސްރާއީލުން ދެމުންގެންދާ އުދުވާން ހުއްޓުވުން ހިމެނެން ޖެހޭނެކަމަށް އީރާނުންގެންދަނީ ވަކާލާތު ކުރަމުންނެވެ.
ކުވޭތު އިންޓަރނޭޝަނަލް އެއާރޕޯރޓަށް އީރާނުގެ މިސައިލް އާއި ޑްރޯންތަކުން ހަމަލާދީ އެއާރޕޯރޓްގެ ވަސީލަތްތަކާއި ޑިޕްލޯމެޓިކް މިޝަން ހަލާކުވެ އަދި އެކަކު މަރުވެ 60 މީހުން ޒަޚަމްވި ހާދިސާއާއި ގުޅިގެން އީރާނުން ބުނެފައިވަނީ އެ ގައުމުން ކުވޭތުގެ އިންޓަރނޭޝަނަލް އެއާރޕޯރޓަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދޭ ކަމަށެވެ. އަދި ކުވޭތު އިންޓަރނޭޝަނަލް އެއާރޕޯރޓަށް ގެއްލުންލިބި އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވަނީ އެމެރިކާއިން އީރާނަށް ދެމުންގެންދިޔަ ހަމަލާތަކަށް ރައްދު ދިނުމުގައި އީރާނުން ދެމުންގެންދިޔަ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ބޭނުންކުރި އިންޓަރސެޕްޓަރތައް ޖައްވުތެރެއަށް ގޮވުމުގެ ސަބަބުން ބުރަބުރައިދިޔަ ބައިތައް ބިމަށް ވެއްޓުމުން އެ ބައިތަކުގެ ޝިކާރައަކަށް ވެގެންނެވެ.
އިތުރު ޚަބަރެއްގެ ގޮތުގައި ރައީސް ޓްރަމްޕްގެ އީގޯގެ ސަބަބުން އެމެރިކާގެ 250 ވަނަ ގައުމީ ދުވަސް ފާހަގަކުރުންވެސް ކުރިއަށްދިޔައީ ހަމައެކަނި ނަމެއްގައި ކަންވެސް ބައިނަލް އަގްވާމީ ޟިޑިއާތަކުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެމެރިކާގެ ބިމުގައި ފިރިހެން ކުޅި ކުޅޭ މީހުންނަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް ރިޕަބްލިކަން ކޮންގްރެސް އަށް ނިސްބަތްކުރެވޭ ބައެއް ބޭފުޅުން ވަކާލާތު ކުރަމުން ގެންދާ ވާހަކަވެސް ރަތްއަކުރުން ލިޔެފައިވާތީ ފެނެއެވެ.
![]()
