އެމް.ޔޫ.އޭ (މުއާ) ޖަމާޢަތުން ސިރީލަންކާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެނީ

Loading

Facebook
Twitter
WhatsApp

          މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން ޖަމާޢަތުން ސްރީލަންކާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން މިވަނީ ފަށާފައެވ.

ނަޒާކީ ގުރޫޕްގެ ފަރާތުން ސްޕޮންސަރ ކޮށްގެން މި ޖަމާޢަތުން ވަނީ ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ޙާލުގައި ޖެހިގައިވާ ފަރާތްތަކަށް ރަޖަޔާއި، ހެދުން ފަދަ ތަކެތި ހަދިޔާ ކުރުމިުގެ ޕްރޮގްރާމެއް ދިވެހީންގެ ގިނަފަރާތްތަކާއި ގުޅިގެން ފަށްޓާފައެވެ.

އެ އެންޖިއޯ އިން މިގޮތަށް މިގޮތަށް މަސައްކަތްފެސީ  ސްރީލަންކާއަކީ އަވަށްތެރި އެކުވެރި ގައުމަކަށް ވުމާއި އަދި ސްރީލަންކާގައި ގިނަޢަދަދެއްގެ ދިވެހިން ދިރިއުޅެމުން ދިއުމާއި ސްރީލަންކާގެ ރަށްޔިތުންނަކީ އަބަދުވެސް ވަރަށް ދިވެހީންނަށް ވަރަށް ހިތްހެޔޮ، އޯގާވެރި ރައްޔިތުން ތަކެއް ދިރި އުޅޭ އަވަށްޓެރި ގައުމަކަށް ވުމާއެކު އެރައްޔިތުންނަށް ތޫފާނުގެ ސަބަބުން ކުރިމަތި ވެފައިވާ ހިތާމައިގައި ގައި ބައިވެރިވެ އެނހީފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

      ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެތައްހާސް ބަޔަކު މަރުވެ އަދި ވީނުވީއެެްނޭނގި ގެއްލިފައެވެ. ވަރަށްގިނަ ގެދޮރު ސުންނާފަތި ވެފައިވެއެވެ. މި ކާރިސާގައި މީހުން މަރުވެފައިވަނީ ފަރުބަދަތަކުގެ މަތީން ފެނާއިއެކު އުފެދުނުކިސަޑުތައް ފައިބައި ގެތަށް އަޑިއަށް ދިއުމުގެ ސަބަބުންނެވެ. ސްރީލަންކާ ބަޑުއްލާއަކީ އެންމެ ގިނަސައިފަތް ދަނޑުތައްވެސް ހައްދާފައިވާ ރަށެވެ.

މިރަށަށް ވެސް ވަނީ ވަރަށްގިނަ ހިސާބު ފެނުގެ އަޑިޔަށްގޮސް މާލީގޮތުން ވަރަށް ބޮޑެތި ގެއްލުން ލިބިފައެވެ. ސްރީލައްކާއަށް މިހާރު ކުރަމުންދާ ތޫފާނު ވިއްސާރައަކީ މި ފަހުގެ ތާރީޚެއްގައި ލަންކާއަށް ކުރި އެންމެ ބޮޑު ވިއްސާރަކަމަށް ވެއެވެ. ފެންބޮޑުވެ އަދި އުފެދެމުންދާ ކިސަޑުގެ ސަބަބުން އެތަށް ބަޔަކު ވެނީ ގެދޮރު ގެއްލި ވަރަށް ނިކަމެތި ޙާލުގައި ޖެހިފައެވެ.

    ސްރީލަންކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ފަންސާސް ހާސް ޑޮލަރާއި އެތަށްހާސް މަސްދަޅު ކޭސް ވެސް ހަދިޔާ ކޮށްފައެވެ.

އަދި އަވަށްޓެރި ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށްޓަކާ ރާއްޖޭގެ ރައްޔިތުން މިހާރުވަނީ ތެލެތޯނެއްވެސް ބާއްވާފައެވެ. އެހެން ކަމާއެކު އަޅުގަނޑުމެންގެ އެކުވެރި ސްރީ ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކާ މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަނުންހުޅުވާލެވިފައިވާ މިއެހީ ތެރިކަމުގެ ޕްރޮގްރާމުގައި ދިވެހި އަޚުންނާއި އުޚުތުން ޓަކި ބައިވެރިވެ ދެއްވުމަކީ އެ ޖަމްޢިއްޔާގެ އެދުމެވެ.

 މިއަދާހަމަޔަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމުގައި ބުނެފާވެއެވެ. ސްރީލަންކާގެ ރައްޔިތުން އެ ވިއްސާރައިގެ ކާރިސާއިން އަވަހަށް ސަލާމަތް ކުރަށްވާށި އެވެ. އާމީން!

އެނހީވެ ދެއްވުމަށް ގުޅުއްވާނީ މާލެ ހުޅުމާލެއިން 7799155، 771335، 7771347، ކުޅުދުއްފުށިން  7985881 އަށެވެ. ވަޓސްއަޕް / ވައިބަރއިންވެސް ގުޅޭނެއެވެ.

https://vt.tiktok.com/ZSfcAEPNn

Loading

One Response

Leave a Reply to މުޙައްމަދު މޫސާ Cancel reply

ފަހުގެ އަޕްޑޭޓް