ހަނދާނާއި މާޟީ

Loading

November 30, 2025
profile
Facebook
Twitter
WhatsApp

       ހަނދާނާ ތާރީޚުގެތެރެއިން ރެއެކެވެ. ރޭޑިއޯމޯލްޑިވްސްގެ ރޭގަނޑު ނިންމާލާ ޕްރޮގްރާމަކީ ”ވަކިވުމުގެ ކުރިން“ މި ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ އިންސާނާގެ ހިތުގެ އުދާސްތަކަށް ހިމޭން ކަން ވެރިވެގެންދާ ހިނދު ކޮޅެކެވެ. މިޕްރޮގްރާމުގެ ތަރެއިން ޖަމީލާގެ ލަވަތަށް މަދު މަދުން ފޮނުވަމުން ދެއެވެ.

      މާޟީވެދިޔަ އެ ރޭތަކުގައި ހިތަށް ލިބިގެންދިޔަ އުންމީދުތަކަށް ނަޒަރު ދޫކޮށްލުމުން ހިތަށް ވެރިވެގެން އަންނަނީ އެދުވަހު އުންމީދު ކުރިއެތަށް ކަމެއް ޙާޞިލްނުވި ކަމުގެ އިޙުސާސެވެ. ނަމަވެސް އުންމީދު ކުރެވެނީ އަދި އެދުވަސްތައް ދިވެހިންނާއި ބައްދަލު ކުރާނޭ ކަމުގައެވެ. ރައްޔިތު މީހާގެ އުދާސް ތަކަށް ޙައްލު ލިބި ގައުމުގެ ހިންގުން އައު ނިޒާމެއްގެ ތެރެއަށް ބަދަލުވާނޭ ކަމުގައެވެ. އުންމީދު ކުރަނީ ބަރުލަމާނީ ނިޒާމުގެ ފޮނިމީރު ރަހަ ރައްޔިތުމީހާގެ ކަރުބުޑުގައި ލާނޭ ވަގުތަކަށެވެ. ބައެއްމީހުން ދެކޭގޮތުގައި މިއުޅެނީ ނިޒާމުގެ ކެހިވެރިކަމެއް ނޫނެވެ. ނަމަވެސް ތެދުވެރި ވެރިޔެއް (ޚާދިމެއް) ނުލިބުމެވެ.

 ގައުމާމެދު ކޮންމެ ރައްޔިތަކުވެސް ވިސްނާލުން މުހިންމު ނޫންތޯއެވެ. ރާއްޖޭގެ ވެރިކަން ކުރަނީ މިހާރު މިކުރެވެނީ ރިޔާސީ ނިޒާމުގެ ތެރެއިންނެވެ.

      ރައްޔިތު މީހާ އެކަނި އިނދެ ވިސްނާލާށެވެ. ތިބާގެ ގައުމުގެ ރައްޔިތުމީހާ ހުރީ ތަނަވަސް ކަން މަތީގައި ހެއްޔެވެ. ނޫންނަމަ ފަގީރު ޙާލުގައި ހެއްޔެވެ. ގައުމުގެ ރިޒާވް އޮތީ އަރަނީގައި ހެއްޔެވެ. ނޫންނަމަ ދަރަނިވެރި ވެފައި ހެއްޔެވެ. މިމަގުން ރާއްޖޭގެ ވެރިކަން ހިނގަން ރައްޔިތުމީހާ ބޭނުން ހެއްޔެވެ.

ރައްޔިތު މީހާގެ މިއަދުގެހާލަތު ވަޒަން ކުރާނީ ރައްޔިތު މީހާއެވެ.

         ރާއްޖެ ދަތުރު ކުރަމުން މިދަނީ ރަނގަޅު މިސްރާބަށް ހެއްޔެވެ. ރައްޔިތުމީހާގެ ޙާލަކީ ކޮބައިހެެއްޔެވެ. އޭނާއަށް ވަނީ ތަނަވަސް ހެއްޔެވެ. ނޫނީ ފަގީރު ހެއްޔެވެ. އެބައެއްގެ ޙާލަތު އެނގޭނީ އެބަޔަކަށެވެ. ރާއްޖެ މިއަދު ދެކެމުން އަންނަ ރިޔާސީ ނިޒާމަކީ އިބިލީސްވެސް ދޫނުކުރާވަރުގެ ނިޒާމެކެވެ. އެގޮތަކީ ރިޔާސީނިޒާމު އޮންނަ ގޮތުން އަތުގައި ހޭކެންޏާ ދަތުގައި ހޭކޭ ހެން ވެރިޔަކަށް ހުންނަ މީހާގެ ހިތަށް އިބުލީސް ފަސޭހައިން ވެރިވެގަންނަނީ އެވެ. މިއީ ނިޒާމުގެ މައްސަލައެއްކަން އެނގެނީ އެހިސާބުންނެވެ. އެހެން ކަމުން ރާއްޖެއަށް މިވަގުތު އެންމެ މަންފާ ހުރި ކަމަށް ބެލެވޭ ނިޒާކީ ބަރުލަމާނީ ކަމުގައި ދެކެމެވެ.

     ރިޔާސީ ނިޒާމުގައި ރައީސްމީހާގެ އަތަކަށް ބާރުތަކެއް ފިރުކައި ނުގަނެވޭނެއެވެ. އެހެނަސް މި ނިޒާމު މިގޮތަށް އޮތުމުގެ ސަބަބުން ރައީސްމީހާގެ ހިތަށް ޝައިތާނާ ވަދެ ދީނަކަށް ގާނޫނަކަށް ބެލުމެއް ނެތި ދައުލަތުގެ ތިންބާރު އަތްޕުޅަށް ކަހާލެވެއެވެ. އެހެން ކަމުން މިއީ ނިޒާމީ މައްސަލައެއްކަމަށް ބެލެވެއެވެ. އަދި ކިއެއްތަ ރައީސްމީހާ މަގާމުގައި ހުރެ ކޮޮންމެފަދަ ކަމެއް ގާނޫނަށް ގޮންޖަހާ ހެއްދެވިޔަސް އޭނާ މަގާމުން ވަކިކުރެވޭނެ ގޮތެއް ނެތެވެ.

      ކޮންމެއަކަސް ކަށަވަރުވެ ޔަގީންވާ އެއްކަމަކީ މި ގައުމަކީ ރައްޔިތުންގެ ގައުމު ކަމެވެ. ގައުމަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ޙައްލު ކުރުމަކީ ރައްޔިތު މީހާގެ ކޮނޑުގައި އެޅިގައިވާ ގައުމީ، ދީނީ އަދި ދުސްތޫރީ ޒިންމާއެއް ކަމެވެ. މިގައުމަކީ މީސްކޮޅު މަދު ގައުމެއް ކަމުގައި ވިޔަސް މިގައުމުގެ އެސެޓަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަގުބޮޑު އެސެޓް ކަމުގައި ވާނެއެވެ. އެމީހުން ބުނާގޮތުގައި މިއީ 8.6 ބިލިޔަން ޔޫއެސްޑޮލަރުގެ އެކޮނޮމީއެކެވެ. އެންމެ 4 ލައްކަ 50ހާސް މީހުނެވެ. އަދި މިއީ ކިރުބޯ ކުޑަކުދިންނާއި ހިނގާބިގާ ނޫޅެވޭވަރު މީހުންވެސް ގުނައިގެނެވެ! ހެޔޮވާނީ ކިހިނަމުންތޯއެވެ. އެލިބޭހާ ފައިސާތަކަށް ހަދަނީ ކިހިނެއްތޯ ރައްޔަތުމީހާ ސުވާލުކޮށް ރައްޔަތުން ހޮވި ޚާދިމްކަލޭގެ (ވެރިމީހާ) ޖަވާބުދާރީ ކުރުވެން އެބަޖެހެއެވެ!

ރައްޔިތުން ނުކުމެ ވޯޓުލައިގެން ރައީސަކު ހޮވަނީ ދެއިރު ދެދަޅައަށް ކޯޓު ތުރުކުރައްވާ  ފަޓުލޫނުގައި ތިއްތިދައްކަން ރިބަން ކަނޑާ ކަށް ނޫނެވެ. ރައްޔަތުންގެ އެތަކެއް ޓްރެލިއެންސް ޑޮލަރުގެ އަގުހުރި އެސެޓު ހަވާލުކޮށް، އެ އެސެޓްގެ ވާސިތާއިން މިގައުމަކީ ސިންގަޕޯ، ދުބާއީ ފަދަ ތަނަވަސް ގައުމަކަށް ހެދުމުގެ މަގުޞަދުގައި ހޮވި ރައީސުންގެ ޚިޔާނާތުގެ ޙާލަކީ މިއީނޫންތޯއެވެ؟ 

      އެހެނަސް  ރައީސުންނަކީ މުރަނގަ ގަސްދަށު މާލިމީންގެ ލިސްޓުން ޖާގަ ހޯދާ ބޭފުޅުން (ޚާދިމުން) ކަމަށްވުމުން، މިރައީސްގެ ކިބައިގާވެސް އިގްތިޞާދީ ހަކަތަ ނެތުމާއި ހަރުދަނާ އީމާންތެރި ކަމެއް ނެތުމާއި އަދި ނިޒާމު އޮތްގޮތުން އަމިއްލަ އެދުން ފުޅާކުރުމުގެ ޝައިތާނީ ވަސްވާސް އަންނަނީ ކަމަށް ބެލެވެއެވެ.

     ގައުމަށްވެރިޔަކު ހޮވަނީ ލައްކަގިނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައެވެ. ވެރިއަކަށްފަހު ވެރިއަކު ބަދަލުވެދެއެވެ.

އެހެނަސް ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައި ނުދީ އަމިއްލަ ބޮނޑި ބޮޑުކޮށްގެން ރައްޔިތުން ދަރުވާލާފައި ފިލަނީއެވެ. ގައުމު ހިންގުމަށްޓަކާ ރައްޔިތުން އިތުބާރު ކުރި ފަރާތްތަކާއި ޙަވާލު ކުރުމުން އެބައި މީހުން ބަދަލުވީ ވަގުންނަށެވެ. ޚާއިނުންނާއި ލުޓޭރުންނަށެވެ. އެހެންކަމުން މިނިޒާމުގެ ތެރެއިން ގައުމު ހިންގާ ގޮތަކީ ލޫޓުވުން ކަމަށް ހަދައި އެވެރިންގެ ވެރިކަން ބައްޓަންކޮށް ވެރިކަން ކުރަނީއެވެ.

    މިގައުމުގައި ކުރަމުން އައި ވިރާސީ ރަސްކަން ނިމި ޖުމްހޫރިއްޔަކަށް ބަދަލުވިތާ ގަރުނަކާ ގާތްވަނީއެވެ. އެހެނަސް ގައުމުހިންގާ ނިޒާމަކީ އަދިވެސް އެކިދަރިފަސްކޮޅުގެ ނުވަތަ ނުފޫޒުގަދަ މަދުބައެއްގެ އެދުމާއި އެއްގޮތަށް އޭރު ބައްޓަން ކޮށްފައިވާ ނިޒާމެެކެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ“ ކާޓެލް“ އެއް ހިންގާބީދައިންނެވެ. ނަތީޖާއަކީ ދަރަނި ބޮޑުވެ ގައުމާއި ރައްޔިތުން ފަގީރުވެ ފަވޭލާ ތަކާއި ބަސްތީ ތައް އުފެދެން ފެށުމެވެ.

      މިގޮތަށް ރިޔާސީ ނިޒާމުގެ ހިތި ތަޖްރިބާ ތަކަކީ ވެރިކަމަކަށް ފަހު ވެރިކަމެއް އުފެދި ބަދަލުވަމުން ދިޔަނަނަވެސް ތެދަށް ބުނަންޏާއި ވެރިންހިންގާ ޖަރީމާތަކަށް ނިމުމެެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ކުރުކޮށް ދެންނެވޭނީ ކޮންމެ ނިޒާމެއްގައިވެސް އިސްކުރެވޭ މީހާގެ ތެދުވެރިކަމެއް އަމާނާތެއް ނެތްނަމަ ވަކި ނިޒާމަކުން ކުރާނެ ފައިދާއެއް ނެތެވެ. މާތްﷲގެ ނަންފުޅުގަނެ، ރަސޫލާއަށް ސޮލަވައިކިޔާ، އާލު އަސްޙާބު ބޭކަލުންނަށް މަދަޙަސަނާކިޔައި ރައްޔަތުންނަށް އޮޅުވާލުމާއި ދޮގާއި މަކަރުން ބަސްބުނެ ޢަމަލުކުރާ މީހަކަށް އޮންނާނީ ކޮން ނިޒާމެއްތޯއެވެ.

ރޭޑިލޯ މީލްޑިވްސް ޕްރޮގްރާމްތައް ހަދަމުން ދިޔައިރުވެސް މި އިޙްސާސްތައް އަޅުގަނޑަށް އުނދަގޫކުރިއެވެ!

Loading

5 Responses

  1. ފަހަލަ ސަޢީދުއެވެ.ތިއުޅެނީ އަންނިއަށް އަނެއްކާވެސް ވެރިކަން ހޯދޭނެ ގޮތެއް އޮތްތޯ ބަލާށެވެ.ބޮއިގެން އެނބުރެވޭނެ ގޮތެއް ހޯދާށެވެ.ދިވެހީން މޮޔަހައްދަން ނޫޅޭށެވެ.ބަރުލަމާނީ ނިޒާމަށްވުރެ އަދިވެސް ރަނގަޅީ ރިޔާސީ ނިޒާމެވެ.މިއުޅެނީ ނިޒާމްގެ މަސްއަލައެއް ނޫނެވެ.އަންނަ ވެރިއެއްގެމަސްއަލައެވެ.ޙައްލަކީ 2028 ޕާޓީ ނޫން ގޮތެކެވެ.

  2. މިއުޅެނީ ނިޒާމީ ވެގެން އެހެން ޢެއްޗެއް ވެގެނެއް ނޫނެވެ. ވަގަކު ވައްކަން ކުރަންވީމާ ވަކި ނިޒާމެއް ނޯވެއެވެ. މުޅި ޑިމޮކްރަސީ އަކީ އިސްލާމްދީނާއި ޢެއްވެސް ގުޅުމެއްނެތް ގްރީކްގެ ކާފަރު އުފެއްދުމެކެވެ. ކާފަރުން ހަދަަފަ ފައްކާ ކޮއްފާ މުސްލިމުންނަށް ފައިދާއެއް ކުރާނެ އެއްޗެއް ނޯންނާނެއެވެ. ދުނިޔޭގައި މުސްލިމުންގެ ރަން ޒަމާން ދިޔައިރު އޮތީ ޑިމޮކްރަސީގެ އެއްވެސް ސިސްޓަމެއް ނޫނެވެ. ނަމަވެސް އޭރު ތިބީ ތަގުވާވެރި ވެރިންނެވެ. އެމީހުން ނެތިއްޔާ މުސްލިމު ގައުމަކަށް ނިޒާމު ކޮންމެ ގޮތަކަށް އޮތަސް އެއްވެސް ފައިދާއެއް ނެތެވެ.

  3. އަސްލުވެސް ކޮންމެނިޒާމެއްގެ ދަށުންވެސް މަކަރުވެރި ވަގުން ދަންނާނީ ދޮގުހަދާ މަކަރުހަދާ ވަައްކަން ކުރާށެވެ! ދީނޭ ކިޔައިގެންވެސް މީހުންގެ ބޯގޮއްވާލައިގެންވެސް ވަގަކު ކުރާނީ ހަމަ ވައްކަމެވެ. #ބަލާވެރިކަމެއްމީ

  4. ބަރުލަމާނީ ގައި ވައްކަން ނުކުރެވޭނީ ކީއްވެ. މިހާރު ގެނެސްދިން ޕާޓީ ނިޒާމަކީ ވައްކަން ކުރުމާ ރިޝްވަތުގެ ނިޒާމެއް. ބަރުލަމާނީ ވީމާ މިކަމަށް އިތުރަށް ބާރުވެރިވެރި ކަމެއްނލިނުން.މޫމްކަމެއް.ނުބާނެ. ނަމޫނާ އަކީ ރީކޯގެ މާފުކޮށްދިން ހަތްދިހަ އެތައް މިލިޔަން ރުފިޔާ އަކާ އަދީބު މިނިވަން ކޮށް ދިނުން

  5. Rayyithunge votun inthikhabu vumahfahu majlis majority libigen noo noonee bodu vazeeraku inthikhabu nukureveyne 2 jehey jehey maruhalaa kadahthu kuran anni viyas yameen vias muizzu vias ibu vias onnanee e goiy

Leave a Reply to Mi meehaa Cancel reply

ފަހުގެ އަޕްޑޭޓް