ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލު ހިންގުމަށް އަލުން ބީލަމަށް ހުޅުވާލުމަށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނިންމައިފި އެވެ.

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި މެދު، ޝަކުވާ ގިނަވެ، އެމައްސަލަ ތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އައްޑޫ ސިޓީއަށް ވަނީ އިއްޔެގެ ވަގުތެއްގައި ވަޑައިންނަވާފައެވެ.

އެ ދަތުރުގައި މަޖިލިސް މެމްބަރުން އިއްޔެ ވަނީ އޭއައިއޭގެ ބައެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އޭއައިއޭއިން ފާހަގަކޮށްފައިވާގޮތުގައި އަންނަ އަހަރުގެ ޖުލައި މަހުގައި ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ.

އެހެންކަމުން ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާކުރުމުގެ ބަދަލުގައި ފްލައިން ސްކޫލު އަލުން ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލަން ވިސްނާފައިވާ ކަމަށް އޭއައިއޭއިން ބުނެފައިވެއެވެ. އަދި އެގޮތަށް ނިންމާފައިވަނީ މިހާރު ފްލައިން ސްކޫލް ހިންގާ ގޮތުން އެއަރޕޯޓަށް ގެއްލުންވާތީ ކަމަށްވެސް ބުނެފައިވެއެވެ.

 

އައްޑޫ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް މީގެކުރީންވެސް ދެ ފަހަރެއްގެ މަތީން ވަނީ ހުޅުވާލާފައެވެ.

ފްލައިން ސްކޫލުގެ މައްސަލައާ ގުޅިގެން އެ މައްސަލަ ބެލުމަށްޓަކައި މަޖިލީހުން އިއްޔެ އައްޑޫއަށް ގޮސް އޭއައިއޭއާ ބައްދަލުކޮށްފައިވާއިރު އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން ފްލައިން ސްކޫލުގެ މެނޭޖްމެންޓް އަދި ސްކޫލުގެ ދަރިވަރުންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާ ކަމަށާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށް ނުދޭކަމަށް ބުނެ ދަރިވަރުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް