ސަޢޫދީ އެރޭބިއާއިން 368 މިލިއަން ޑޮލަރުގެ އެހީއެއް ޔަމަނަށް

Loading

Facebook
Twitter
WhatsApp

އަރަބް ނިއުސްގެ ޚަބަރުތަކަށްބަލާއިރު ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނު ސަރުކާރުގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށާއި އެ ގައުމު އާރާސްތު ކުރުމަށްޓަކައި ސައޫދީ އެރޭބިއާއިން 368 މިލިއަން ޑޮލަރގެ އެހީއެއް ދީފިއެވެ. ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން އެހީ ފޯރުކޮށްދެމުންގެންދަނީ ހޫތީ މުޖާހިދުންނާ ދެކޮޅަށް ކުރެވުނު ދިހަވަރަކަށް އަހަރުގެ ދިގު ދާޚިލީ ހަނގުރާމައިގާ ލިބިފައިވާ ބޮޑެތި ގެއްލުންތައް އާރާސްތުކޮށް ގައުމުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައެވެ. ޔަމަނަށް ދެވިފައިވާ ގެއްލުންތަކަކީ ސީދާ ސަޢޫދީ އަރަބިޔާ އިސްނެގުމަތީ ހޫތީން ބަލިކުރުމަށްޓަކައި ކުރި ފަނާކުރަނިވި ހަނގުރާމައިގެ ތެރެއިން ފަނާކޮށްލައި ދެވިފައިވާ ގެއްލުންތަކެވެ.

 މިއީ ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ އެދިވަޑައިގަތުމަކަށް ސައޫދީ ރަސްގެފާނު ހުއްދަ ދެއްވާފައިވާ އެހީއެއް ކަމަށްވެސް ޚަބަރުގައި ބުނެފައި ވެއެވެ. ޔަމަނުގައި ބައިނަލް އަގްވާމީ ގޮތުން ބަލާގަންނަ ސަރުކާރަކީ ރައީސް ރަޝާދު އަލް އަލީމީގެ ރިޕަބްލިކް އޮފް ޔަމަނެވެ. އެގައުމުގެ ބިޔަ ލަސްކަރު ހޫތީ މުޖާހިދުންގެ ވެރިކަމުގެ ދަށުގައި އޮންނަ ސަރަހައްދުތަކަކީ ސަރުކާރެއްކަމަށް ބައިނަލް އަގްވާމީ ގޮތުން ސަޢޫދީ އާއި ސަަޢުދީގެ އެނހީލިބޭ ގައުމުތަކުގެ ވިސްނުމާއި އެއްގޮތަށް  ޔުނައިޓެޑް ނޭޝަނުންވެސް ގަބޫލެއް ނުކުރެއެވެ. އެހެނީ އެމެރިކާ ބޭނުން ނުވާގޮތަކަށް ސަޢޫދީން ޔަމަނުގެ ސުލްޙަ މަސަލަސްކަމަށް ކަމެއް ނުކުވެއެވެ.

ހޫތީ މުޖާހިދުންނާ ދެކޮޅަށް އެމެރިކާގެ އެހީއާ އެކު ސައޫދީ އެރޭބިއާއިން ވަނީ ތިން އަހަރުތަކެއްވަންދެން ހަނގުރާމަކޮށް ޔަމަނު ފަނާކޮށްލާފައެވެ. އެހެންނަމަވެސް މިހާރުސައޫދީ އެރޭބިއާއާއި ހޫތީ މުޖާހިދުންނާ ދެމެދު ހަނގުރާމަ ނުކުރުމުގެ އެއްބަސްވުމެއް މިހާރު ވަނީ ގާއިމް ކުރެވިފައެވެ.

ސައޫދީ ސަރުކާރުގެ މި އެހީގެ ދަށުން މިހާރު އަދަނުގައި ހިންގަމުންގެންދާ ޕްރިންސް މުހަންމަދު ބިން ސަލްމާން ހޮސްޕިޓަލްގެ ޚިދުމަތްތްއްވެސް އިތުރަށް ފުރިހަމަ ކުރެވޭނެއެވެ.

ސައޫދީ އެރޭބިއާގެ ހައިލް ސަރަހައްދުގެ ގަދީމީ އާސާރީ ތަންތަން ރައްޔިތުންގެ ބައިވެރިވުމާއެކު ދެމެހެއްޓެނިވިގޮތެއްގައި ހިމާޔަތްކޮށް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ތަރައްގީކޮށް ހެދުމުގައި ޖޯރޑްން އިން އެފަދަތަންތަނާ ދޭތެރޭ ކަންތައް ކުރަމުންގެންދާ ގޮތް ބަލައި ދެނެގަތުމުގެ ބޭނުމުގައި އެ ސަރަހައްދުގެ ޑިވެލޮޕްމެންޓް އޮތޯރިޓީގެ ވަފުދެއް ޖޯރޑްންއަށް ޒިޔާރަތްކުރި ކަމަށް ސައޫދީ ޕްރެސް އޭޖެންސީގެ އެހެން ޚަބަރެއްގައި ބުނެފައިވެއެވެ.

އެ ދަތުރުގައި ޖޯރޑްންގައި ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ތަންތަނަށް ޒިޔާރަތް ކުރުމާއި އަދި ޚާއްސަކޮށް ވާދީ ރޫމްގައި އާންމުންނަށް މަނާ ކުރެވިފައިވާ ސަރަހައްދުތައް ބަލައި ގަދީމީ ޒަމާނުގެ ލިއެކިއުންތައް ދިރާސާކުރުންވެސް ހިމެނިފައިވާ ކަމަށް އެ އޮތޯރިޓީގެ ސީ އީ އޯ އުމަރު އަބްދުލް ޖައްބާރު ވިދާޅުވެފައި ވެއެވެ.

ހައިލް ސަރަހައްދުގެ ގަދީމީ ތަންތަން ފަތުރުވެރިކަމަށް ތަޢާރުފް ކުރުން ސައޫދީ އެރޭބިއާގެ 2030 ގެ ތަރައްގީގެ މަޝްރޫއުގައިވެސް ވަނީ ހިމަނާފައެވެ.

Loading

One Response

  1. އިސްލާމީ ދުނިޔޭގެ އެއްބައެއްވަންތަކަމަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ސަޢޫދީ އެރެބިޔާއެވެ. އެހެނީ މުސްލިމު އުންމަތަށް މާތްﷲ ދެއްވާފައިވާ ގިނަގުނަ ރިޒުގު ( ރަނާއި ތެޔޮ) އެބިންތަސް އެމީހުންގެ އަމިއްލަ މުދަލަށް ހަދާ އެ މުދަލުން ބޭނުން ބަޔަކަށް ރިޝަވަތުދީ ނުވަތަ ”އެނހީ“ ދީ ސައުދު އާއިލާ ބޭނުންވާގޮތަކަށް މުސްލިމް އުންމަތް ބަށްޓަކުރުވައި އެބައިމީހުންގެ ފަލްސަފާގެ މަތީން އިސްލާމް ދީނު މަޒުހަބުރަކަށް ބަހައި ފިތުނަ އުފަށްދަމުން މިވަރީ އެތަކެއް އަހަރު ތަކަކަށް އެ ފަސާދަތައް ގެންގޮސްފައެވެ. އަދި ނުވިތާކަށް އެމީހުންނާއި އެއްގަލަށް ނާރާ މީހަކުވިޔާ މަރައި(ކަޝޯޖީ މަރާލުންފަދަ) އެތަކެއް ޖަރީމާތައް އިސްލާމްދީނުގެ ނަމުގައި ހިންގައިފައެވެ. ސަޢުދުންނަކީ ފުރަތަމަ ބޮދު ހަނގުރާމައިގެ ފަހުން އުސްމާނީ ޚަލީފާ އިނގިރޭސިންނާއި ގުޅިގެން ވަށްޓާލަން މަދަދުވެރިވީމާ ދިން އިނާމެކެވެ. ޙިޖާޒް ބައިބައިކޮށް ކުދިކުދި ގައުމުތައް އިނގިރޭސީން އުފަށްދައި އިސްލާމީ އުންމަތް ބޮލިކޮށްލެވުނު ޙީލަތްތެރި ޖަރީމާއެވެ. މިއަދު ކުރިން ނޭގޭވަރަށް އެކުރެވުނު ބަޢާވާތް މިވަނީ ފައުޅުވެފައެވެ. ބީބީސީގެ ޑޮކިއުމެންޓެރީ ތަކުންވެސް މިއަދި އޮޓަމަންނާއި ދެކޮޅަށް މި ސައުދުމެން ބޭނުންކޮށްގެން އިނގިރޭސިން ރާވައި ތަންފީޒްކުރި ބަޢާވާތް އެވަނީ ފައިލްކޮށްފައެވެ. ފަލަސްތީނުގައި ޒައަރނިސްތުން ހިންގާ ގަތުލުއާންމުގައިވެސް ސަޢުދީންނާއި އިނގިރޭސިން ހަދިޔާކޮށްދީފައިވާ އެ ކުދިކުދި ޢަރަބި ގައުމުތަކުން މުސްލިމް އުންމަތަށް އެނހީ ނުފޯރުވެނީ އެހެންވެގެނެވެ. އެމީހުންނަށް އިނގިރޭސިން ދީފައިވާ އެ ކުދިކުދި ގައުމުތަކުގެ ސިކިއުރެޓީވެސް އެއުޅެނީ އެވެރީންނަށް ނުބެލެހެއްޓިގެނެވެ. އެންމެފަހުން ގަތަރަށް އިޒްރޭލުން ދިން ފަނާކުރަނިވި ޙަމަލަޔަކީ މީގެ ހެއްކެކެވެ. ސަހަރޯ ހީނުވޭތޯއެވެ.

Leave a Reply to މުޙައްމަދު މޫސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް