އިޖުތިމާޢީ ތަރައްގީގެ ހައްގުތައް ދޫކުރުމުގައި ވެސް ދިވެހީންނަށް ނިކަމެތިކަން

Loading

Facebook
Twitter
WhatsApp

ވޭތުވެ ދިޔަ ސަރުކާރުން ވަނީ SDFC އުފައްދައި ތަރައްގީއަށް ލޯނުތައް ތައާރަފުކޮށްފައެވެ. ނަމަވެސް ދާދި ފަހުން މި ސަރުކާރުން ވަނީ ބޭންކެއްގެ ދަށަށް އެ މަޝްރޫޢު ގެނެސްފައެވެ. މުޖުތަމައުގައި ބޭންކުތައް ގިނަ އަދަދަކަށް ހުރެފައި އެ ތަންތަނުން ލޯނުތައް ލިބޭ އިރުވެސް SDFC ފަދަ މުއައްސަސާތައް ދުނިޔޭގެ ބައެއް ސަރުކާރުތަކުން އުފައްދަނީ ބޭންކުތަކުން ލޯނު ދޫކުރުމުގައި ބަލާނީ އިޖުތިމާޢި ފައިދާއަށްވުރެ ބޮޑަށް ވިޔަފާރި ފައިދާއަށް ކަމަށް ވެފައި އެފަދަ އިޖުތިމާޢީ ފައިދާއަށް ބޭނުންވާ ކަންތައްތައް ކުރުމަށް ބޭންކުތަކުން ލޯނު ލިބުމުގައި ހުރަސްތަކެއް ހުންނާތީވެ އޭގެ ބަދަލުގައި ރައްޔަތުންނަށް އިޖުތިމާޢީ ތަރައްގީއަށް ފަސޭހައިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނަމަވެސް މިސަރުކާރުން SDFC ބޭންކެއްގެ ދަށަށް ބަދަލުކުރުމުގައި އޮތް މަސްލަހަތެއް ހާމަކޮށްފައެއް ނުވެއެވެ. އެ ބަދަލުގެ ސިއްރެއްކަމުގައި ބެލެވެނީ އިޖުތިމާޢީ ތަރައްގީގެ ހައްގުތައް ދޫކުރުމުގައި ވެސް ދިވެހީން ނިކަމެތިކޮށް ނަފުސާނީގޮތުން ބަލިކަށި ކުރުމެވެ.

މީގެ ހެއްކެއްގެ ގޮތުގައި އެ މުއައްސަސާ ބޭންކުގެ ދަށަށް ބަދަލުވުމަށްފަހު ލޯނު ލިބޭ މީހާ އެއްބަސްވާންޖެހޭނެކަމަށް ބޭންކުން ހުށަހަޅާ ބައެއް ޝަރުޠު ހިމަނާލާނަމެވެ.
ޝަރުޠެއް: އަޅުގަނޑު/އަޅުގަނޑުމެންގެ ދަރަނީގެ މަޢުލޫމާތު ހޯދުމަށާއި، މި އެޕްލިކޭޝަންގައިވާ މަޢުލޫމާތަކާ ގުޅިގެން އަޅުގަނޑު/އަޅުގަނޑުމެންގެ މަޢުލޫމާތު، ނުވަތަ އަޅުގަނޑު/އަޅުގަނޑުމެންނާ ގުޅުންހުރި އެހެން މަޢުލޫމާތު ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި، މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ކްރެޑިޓް އިންފޮމޭޝަން ބިއުރޯ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ނުވަތަ އެފަދަ މަޢުލޫމާތު ހުންނާނެކަމަށް ނުވަތަ ބަލަހައްޓާކަމަށް އެސްޑީފްސީއަށް ޤަބޫލްކުރެވޭ އެހެން ފަރާތްތަކުން، އެސްޑީއެފްސީއިން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެސްޑީއެފްސީއަށް ރުހުންދީ، އެކަމުގެ ހުއްދަދެމެވެ.


ޝަރުޠެއް: އެސްޑީއެފްސީގައި ހުރި އަޅުގަނޑު/އަޅުގަނޑުމެންގެ އެންމެހާ ދަރަނީގެ މަޢުލޫމާތާއި، އެދަރަނިތަކާ ގުޅިފައިވާ އެހެނިހެން މަޢުލޫމާތުތައް އަދި މި އެޕްލިކޭޝަން ފޯމުގައި ދީފައިވާ މަޢުލޫމާތު ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި، ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ކްރެޑިޓް އިންފޮމޭޝަން ބިއުރޯ އަދި ޤާނޫނުގެ ދަށުން އެފަދަ މަޢުލޫމާތު ހޯދުމުގެ އިޚްތިޞާޞް ލިބިގެންވާ މުއައްސަސާއަކަށް ހާމަ ކުރުމާމެދު އަޅުގަނޑު/އަޅުގަނޑުމެން އެއްވެސް ޝަރުތަކާނުލާ އެއްބަސްވެއެވެ. އަދި މިފަދަ މަޢުލޫމާތެއް ހާމަކުރުމުގެ ސަބަބުން އެކަމުގެ ދައުވާ އެސްޑީއެފްސީގެ މައްޗަށް ނުއުފުލާނެކަމަށް އަޅުގަނޑު/ އަޅުގަނޑުމެން އެއްބަސްވެއެވެ.


ޝަރުޠެއް: އަޅުގަނޑު/އަޅުގަނޑުމެން މިހުށަހަޅާ ފައިނޭންސިންގް ފެސިލިޓީއަށް އަޅުގަނޑު/އަޅުގަނޑުމެން ޝަރުތު ހަމަވި ކަމުގައިވިޔަސް ފައިނޭންސިންގް ފެސިލިޓީދޫކުރުމާއި ނުކުރުން އެއީ އެސްޑީއެފްސީގެ ފުރިހަމަ އިޚްތިޔާރުގައި ވާކަމެއްކަން އަޅުގަނޑު/އަޅުގަނޑުމެން ޤަބޫލުކުރަމަވެ.
ވީމާ ސުވާލަކީ ރައްޔަތުން ލައްވާ ގައުމު ތަރައްގީ ކުރުވުމަށް ހުޅުވާލާ ފުރުސަތުތަކުގައި މިއަށްވުރެ ރީތިކޮށް މުއާމަލާތް ނުކުރެވޭނެ ހެއްޔެވެ؟!

Loading

One Response

  1. އިޖްތިމާޢީ ތަރައްޤީގެ ޙައްޤެއް އޮތްކަމެއް ، އަދި އެއީ އޮންނަން ޖެހޭ ޙައްޤެއްކަމެއް ސައުކާރުދެނެވަޑައި ނުގަންނަވައެވެ.

Leave a Reply to މ.ރަޝީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް