ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަޙްމަދު އެ މަގާމުން ވަކިކޮށްފިއެވެ.


ދާއޫދު އެ މަޤާމުން ވަކިކޮށްފައިވާކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހީނާގެ ޕޯސްޓުގައި ވިދާޅުވީ 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ދާއޫދަކީ، ހެންވޭރު މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު އިރު އޭނާއާއެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް 21އ ގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ މައްސަލަ ތަހުގީގުކޮށް ނިމި ރައުދުގެ މައްޗަށް މިހާރު ވަނީ ދައުވާވެސް ކޮށްފައެވެ.

އާންމުންގެ ގިނަ ކަންބޮޑުވުންތަކެއްހުރި އެ ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ މަސައްކަތް ނިންމައި އިއްޔެ ވަނީ ރިޕޯޓު އާންމުކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައިވާގޮތުން އެ މައްސަލައިގައި ތުހުމަތުވާ ރައުދު އަހްމަދު ޒިލާލްގެ ބޭބެ ދާއޫދު އަހްމަދު ވަނީ ތަހުގީގަށް ދޮގު ބަޔާން ދީފައެވެ.

އެ މައްސަލައިގައި ކޮމިޝަނަށް ދާއޫދު ދިން ބަޔާނުގައި ވަނީ މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު ހޯމް މިނިސްޓަރު އަލީ އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކޮމިޝަނަށް މައުލޫމާތު ދެމުން މިނިސްޓަރު އިހްސާން ވެސް ވަނީ އެކަން ތަފްސީލްކޮށް ކޮމިޝަނާއި ހިއްސާކުރައްވާފައެވެ. އަދި ދާއޫދު އާއި އިހްސާންއާއި ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތައްވެސް ވަނީ އެ ރިޕޯޓުގައި ހިމަނާފައެވެ.

Loading

2 Responses

  1. މިކަހަލަ އިތުބާރު ނުހިފޭ މީހުން އިސްމަގާމުތަކަށް ލުމުގެ ސަބަބުން މިކަހަލަ ކިތަންމެ ކަމެއް ގޯސްވެގެން ދާނެ!

Leave a Reply to ނަސީމް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް