ޕްރިންސް އެންޑްރޫ އަށް ޖިންސީ ގޯނާ ގެ ތުހުމަތު ކުރި އަންހެންމީހާ ”އަމިއްލައަށް“ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫގެ މައްޗަށް މީގެ އަހަރު ތަކެއް ކުރިން ޖިންސީ ގޯނާގެ ތުހުމަތުކުރި ވަރޖީނިއާ ޖުފްރޭ، އުމުރުން 41 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ޖުފްރޭ މަރުވެފައި ވަނީ އަމިއްލައަށެވެ.


ޖުފްރޭ އަކީ ޖިންސީ ގޯނާގެ ގިނަ މައްސަލަ ތަކެއްގައި ކުށް ސާބިތުވެފައިވާ، ޖެފްރީ އެޕްސްޓައިން ގެ އަމަލުތައް ކުށްވެރިކޮށް އެންމެ ގަދަޔަށް އަޑުއުފުލި އެއްފަރާތެވެ. އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާގެ އުމުރުން 17 އަހަރުގައި އެޕްސްޓައިން ވަނީ އެޕްސްޓައިންގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ ޕްރިންސް އެޑްރޫގެ އެދިވަޑައިގެންނެވުމަކަށް އެންޑްރޫގެ ޖިންސީ ބޭނުމަށް އެންޑްރޫގެ އަރިހަށް އޭނާ ފޮނުވާފައެވެ. އަދި އޭނާވަނީ އެންޑްރޫވެސް އޭނާއަށް ޖިންސީ ގޯނާ ކުރެއްވިކަމަށް ތުހުމަތުކޮށް ފަހުން ދައުވާވެސް އުފުލާފައެވެ. ނަމަވެސް އެންޑްރޫވަނީ މިކަން ދޮގު ކުރައްވާފައެވެ.
އޭރު ޖުފްރޭ ހުރީ އެޕްސްޓައިންގެ ގާރްލްފްރެންޑްގެ ގޮތުގައެވެ.
އެހާދިސާ އިން ފެށިގެންވެސް ޖުފްރޭ ގެންދިޔައީ ”ސެކްޝުއަލް އެބިއުސް“ ނުވަތަ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހުއްޓުވުމަކަށް ގެނައުމަށް އެކިގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ މަސައްކަތުން ވަނީ ގިނަ އަންހެނުން ތަކެއްގެ ހަޔާތަށް އަލިކަން ގެނެސްދީފައި ކަމަށް ވެއެވެ.
އާއިލާއިން ބުނެފައިވަނީ އޭނާ މަރުވީ މި މަސައްކަތުގައި އެކިފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވެ، އޭނާގެ ސިކުޑިއަށް ބުރަބޮޑު ވެގެން ކަމުގައެވެ.
ޖުފްރޭ ފަހުން ވަނީ ރޮބަރޓް ކިޔާ މީހަކާ ކައިވެނިކޮށް މާދުރުގައިވާ އޮސްޓްރޭލިޔާގެ ޕާތަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އޭރު ބަޔަކު ތުހުމަތުކުރި ގޮތުގައި ދައުވާތައް އަނބުރާ ނެގުމަށް އޭނާޔަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ދެވިފައެވެ.ނަމަވެސް އޭނާ މަސައްކަތް ހުއްޓާލާފަ ނުވާކަމަށް ވެއެވެ.
މީގެ ތިންހަފްތާ ކުރިންވެސް ޖުފްރޭ ވަނީ ކާރު އެކްސީޑެންޓެއްވެސް ވެފައެވެ.
ސަރުކާރުތަކުގެ އިސްފަރާތްތަކުގެ ސިއްރުތައް ހާމަކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތައް މަރާލުންމީ ބަޔަކު ކުރާކަމެކެވެ.

Loading

One Response

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް