ބާޑްފްލޫ ޖެހިގެން އަންދްރާޕްރަދޭޝް އިން އެއްލައްކަ ކުކުޅު ކަތިލާ މަރާލައިފި

Loading

February 17, 2025
Facebook
Twitter
WhatsApp

އިންޑިޔާގެ އަންދްރާޕްރަދޭޝް ސްޓޭޓްގައި ބާޑްފްލޫ ނުވަތަ ދޫނިރޯގާ ބާރަށް ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެއްލައްކަޔަށްވުރެގިނަ ކުކުޅު ކަތިލާ މަރާލައިފި ކަމަށް ޚަބަރު ލިބެއެވެ. އެސްޓޭޓްގެ ތިން ސަރަހައްދެއްގައި ވަރަށް ބާރަށް ބަލިފެތުރެމުންދާތީ އެސަރަހައްދުތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.


އަންދްރާޕްރަދޭޝް ގެ ހާލަތު މިހެން އޮތް އިރު ވަށައިގެންވާ އެހެން ބައެއް ސްޓޭޓް ތަކުން ވަނީ ކުކުޅުމަސް އިމްޕޯޓް ކުރުމާބެހޭ އައު ގަވާއިދު ތަކެއް އިއުލާން ކޮށް، އެކަން ގާތުން ބަލަމުން ދާކަމަށް ބުނެފައެވެ.
ބަރޑްފްލޫ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަންދްރާޕްރަދޭޝް ގައި ވަނީ ރެޑް ޒޯންތަކަކާއި އަދި ސަވޭލަންސް ޒޯން ތަކެއް ކަނޑައަޅާފައިކަމަށް ޚަބަރުލިބެއެވެ. ކަމާބެހޭ އިދާރާ ކަމަށްވާ އެނިމަލް ހަޒްބަންޑްރީން ބުނެފައިވަނީ މިވަގުތު ބަލި އުޅޭކަމަށް ފާހަގަވެފައިވަނީ ތިން ޑިސްޓްރިކްޓެއްގެ ފަސް ފާމެއްގައެވެ.އެހެން ކަމުން އެތަންތަނުގައި ގެންގުޅުނު ލައްކައަކަށްވުރެގިނަ ކުކުޅު މިހާރުވަނީ ކަތިލާ ނައްތާލާފަ ފައެވެ.
ބާޑްފްލޫ އަކީ މައިގަޑުގޮތެއްގައި ކުކުޅުހާ އަސްދޫނިފަދަ ފާމް ތަކުގައި ގެންގުޅޭ ދޫންޏަށް ޖެހޭ ބައްޔެކެވެ. ނަމަވެސް މަދުން ނަމަވެސް މިބަލި ގެރިބަކަރީގެ އައިންތަކަށްވެސް ޖެހެއެވެ. އަދި މިފަދަ ޖަނަވާރު ތަކާ ގާތުގައި މަސައްކަތް ކުރާ މީހުންނަށް ވެސް މަދުންނަމަވެސް ދޫނިރޯގާޖެހިފައި އެބަހުއްޓެވެ.
ދޫނިރޯގާޖެހިގެން ކަތިލާ ކުކުޅުގެ މަސް އަދި އެފަދަ ކުކުޅު އަޅާބިސްވެސް ކެއުން ރައްކާތެރިނޫންކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް